Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޑިވަރު ފިނޮޅު، އއ. ރަސްދޫ

ރަސްދޫ ރައްޔިތުން ބޭނުންވާ ގޮތަށް މަޑިވަރު ފިނޮޅު ހަދައިދޭނަން: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު ފިނޮޅު ތަރައްގީ ކޮށްދޭނެ ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 01:31
ރައީސް މުއިއްޒު ރަސްދޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު ރަސްދޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ

ރަސްދޫ ރައްޔިތުން ބޭނުންވާ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާއަށް ނަފާ ވާގޮތަށް، ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު ފިނޮޅު ތަރައްގީ ކޮށްދޭނެ ކަމަށް ރައިީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅިވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނު އަރި އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އއ. ރަސްދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ރަސްދޫ މަގު ހެދުމާއި، ސްކޫލަށް ޖާގަ އިތުރުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، ސްޕޯޓްސް ކޮމްޕްލެސް އިމާރާތްކުރުން އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުތަކަކީ ރަސްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަށުގެ ޓޫރިޒަމް އަދި ރައްޔިތުންގެ ބޭނުމަށް އޮތް މަޑިވަރު ފިނޮޅު ތިބޭފުޅުން ބޭނުންވާގޮތަށް ހަދައިދިނުމަކީ އަޅުގަނގެ ވަޢުދެއް. އެތަނުގައި ޖިއޯބޭގް ޖަހައި ތަރައްޤިކޮށްދީ، ތިބޭފުޅުން ޓޫރިޒަމް ބޭނުމަށް ބޭނުންކުރެވޭނެގޮތަށް ހައި ޕްރިއޯރިޓީގައި މަސައްކަތްކޮށްދޭނަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް ވާހަކަފުޅުގައި މިހާރު ހިނގަމުންދާ ބަނދަރު މަޝްރޫޢުއަކީ ރަށަށް މުހިންމު މަޝްރޫޢުއެއްކަމަށް ވިދާޅުވެ އެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ. ނަމަވެސް ރަސްދޫ ބަނދަރުގެ މައްސަލަ އަކީ، އެކި ފަހަރު މަތިން މަރާާތުކޮށްގެން ވެސް ހައްލު ނުވެފައިވާ ގިނަ ޒަމާންތަކެއް ވެފައިވާ މައްސަލަ އެކެވެ. 2012 ވަނަ އަހަރު ހަދާފައިވާ މި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފަށާފައެވެ. ނަމަވެސް ވެރިކަން ބަދަލުވިފަހުން މި މަޝްރޫއު ހުއްޓި، މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެރަށަށް ގެންގޮސްފައިވާ ތަކެތިވެސް ވަނީ އެހެން ރަށްރަށަށް ގެންގޮސްފަ އެވެ.

ނަމަވެސް ރައީސްގެ ދަތުރުފުޅާ ދިމާކޮށް ބޮޑު ބާޖެއްގައި ކުޑަ ހިލަކޮޅަކާއި، އއ. މަތިވެރިއަށް މަސައްކަތެއް އިފްތިހާހު ކުރަން ގެންދިޔަ ހައިމާކެއް ރަސްދޫއަށް ގެންގޮސް ބަނދަރުގެ މަސައްކަތް ކޮންމެވެސް ގޮތަކަށް ވަނީ ފަށާފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ރަސްދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައިވެއެވެ. ނަމަވެސް ވެރިކަން ބަދަލުވިފަހުން މި މަސައްކަތްތައް ހުއްޓިފައިވުމަކީ ރަސްދޫގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ރައީސް މުއިއްޒުރަސްދޫމަޑިވަރު ފިނޮޅުފަތުރުވެރިކަންއަރިއަތޮޅުތަރައްގީގެ މަޝްރޫއު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު