Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބުރައީސްގެ ތަގުރީރުން ބައެއް އުނިކުރުން

ފާޑުކިޔުންތައް ބޮޑުވެ، ނައިބުރައީސްގެ ތަގުރީރު އާއްމުކުރީ އެއްބައި އުނިކުރުމަށްފަހު!

ރައީސް އޮފީހުން ނައިބު ރައީސްގެ ސްޕީޗުން ބައެއް އުނިކުރުމުން އާއްމުންގެ ފާޑުކިޔުންތައް ވަނީ އިތުރުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 14:10
ނައިބު ރައީސްގެ ވާހަކައިން ބައެއް އުނިކުރުމަށް ފަހު ރައީސް އޮފީހުން ހިއްސާކުރި ވީޑިއޯ

ނައިބު ރައީސްގެ ވާހަކައިން ބައެއް އުނިކުރުމަށް ފަހު ރައީސް އޮފީހުން ހިއްސާކުރި ވީޑިއޯ

"ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މަތީފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކުރެއްވި ތަގުރީރަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ތަގްރީރުން ބައެއް އުނިކުރުމަށް ފަހު ރައީސް އޮފީހުން އާއްމުކޮށްފިއެވެ.

އެ ތަގްރީރަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ތަގްރީރު އިނގިރޭސި ބަހުން ވާހަކަދެއްކުވުމުގައި ކޮށިވުމުގެ އިތުރުން ކުށް މައުލޫމާތު ހުރުމާއި، ވާހަކަދެއްކުމުގައި ހަމަނުޖެހޭ ކަންކަން ހުރުމުންނެވެ. އަދ ކުށްތައް ކިޔުނު ނަމަވެސް އެ ކުށްތައް އިސްލާހުވެސް ކޮށްފައި ނުވުމުންނެވެ. މި ތަގުރީރު ޔޫއެން އިން ވަނީ ލައިވްކޮށްފައެވެ. އަދި އެ ތަގުރީރުގެ ވީޑިއޯގެ މައުލޫމާތު ހިމެނޭ ޓްވީޓެއް ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ނަމަވެސް ފަހުން ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން އެ ޓްވީޓް ވަނީ ޑިލީޓްކޮށްފައެވެ. އެ ޓްވީޓް ޑިލީޓްކުރުމަށް ފަހު ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް އެކައުންޓުގައި ނައިބު ރައީސްގެ ސްޕީޗް އަޕްލޯޑްކޮށްފައި ވަނީ އެއިން އެއްބައި އުނިކުރުމަށް ފަހުގައެވެ. ރައީސް އޮފީހުން އެބައި އުނިކުރުމުން އެއީ ރައްޔިތުން ރައީސް އޮފީހުގެ އިތުބާރާއި މެދު ސުވާލު އުފައްދާނެ ކަމެއް ކަމަށް ބުނެ ރައީސް އޮފީހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެކަމާއި މެދު ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރިއެވެ. ނަމަވެސް އެ ސުވާލަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ޖަވާބެއް ނުދެއްވައެވެ.

އަދި ފަހުން އެ ސުވާލަށް ރައީސް އޮފީހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިކަމާއި ގުޅޭ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިނިސްޓަރު އިބްރާހިމް ހަލީލް އަށް ގުޅުމަށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ރައީސް އޮފީހުން ނައިބު ރައީސްގެ ސްޕީޗުން ބައެއް އުނިކުރުމުން އާއްމުންގެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. މީގެ ކުރިންވެސް މި ސަރުކާރުގެ އެހެން މަޤާމުތަކުގައި ތިބި މީހުންގެ ވާހަކަދެއްކުމުގެ ފެންވަރު ދަށްވުމުން ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޔޫއެން އިން ލައިވްކުރި ތަގުރީރު:https://webtv.un.org/en/asset/k10/k10a0ok7jz

ފަހުން އެއްބައި އުނިކުރުމަށް ފަހު ރައީސް އޮފީހުން ހިއްސާކުރި ތަގްރީރު:https://www.youtube.com/watch?v=COGr1Sr6gZU

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
07 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި

07 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި
05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު