Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން

ވިއްސާރައާ ގުޅިގެން ނައިބު ރައީސް ކުރެއްވި އިލްތިމާސް ގެއްލިއްޖެ

4 ޖެނުއަރީ 2025 | ހޮނިހިރު 08:13

ވިއްސާރައިގެ މި ދަނޑިވަޅުގައި ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ރައްޔިތުން ސަމާލުކަންދީ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 4 ޖެނުއަރީ 2025 | ހޮނިހިރު 08:13
ވިއްސާރައާ ގުޅިގެން ނައިބު ރައީސް ކުރެއްވި އިލްތިމާސް

ވިއްސާރައާ ގުޅިގެން ނައިބު ރައީސް ކުރެއްވި އިލްތިމާސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ކުރެއްވި އިލްތިމާސް ގެއްލިއްޖެއެވެ.

މި އިލްތިމާސް ކުރައްވާފައިވަނީ ހުކުރު ދުވަހުގެ ރޭ 9:17 ގައި އެކްސް މެދުވެރިކޮށެވެ.

Advertisement - newsAdvertisement

ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، މި ދަނޑިވަޅުގައި ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ރައްޔިތުން ސަމާލުކަންދީ، އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރަން. މިފަދަ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ ފަރާތުން ފެންނަ އެއްބައިވަންތަކަމާއި، އެއްބާރު ލުން ފާހަގަކޮށް ޝުކުރު ދަންނަވަން."

ނަމަވެސް، ނައިބު ރައީސްގެ އެކްސް ފީޑްގައި މިހާރު މި ޕޯސްޓް ފެންނާކަށް ނެތެވެ. ގިނަ ބަޔަކު މިކަމަށް ފާޑު ކިޔަމުން ބުނެފައިވަނީ މި ޕޯސްޓު ނައިބު ރައީސް ޑިލީޓް ކުރައްވާފައިވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ޕްރެޝަރާ ހެދި ކަމަށެވެ.

ހުކުރު ދުވަހު ހުއްޓުމެއްނެތި ވެހެމުން ދިޔަ ވާރޭގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެ، 36 ގޭބިސީއަކަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެ، ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖެއްވެސް ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކަށް ބަލާއިރު، ރައީސް މުޢިއްޒު އާރަށުގައި ހުންނެވުމުން، އަދި ވިއްސާރައާ ގުޅިގެން ރައީސްގެ އެއްވެސް މެސެޖެއް ރައްޔިތުންނަށް ފޯރުކޮށް ނުދެއްވި އުޅުއްވަނިކޮށް، ނައިބު ރައީސް އެ ގޮތަށް ޓްވީޓް ކުރެއްވުމަކީ ބަލައިގަނެވުނު ކަމަކަށް ނުވީއެވެ. މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް ޕޯސްޓްކުރަމުން ދިޔައެވެ. އަދި ސަރުކާރުގެ އިސްވެރިންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް