Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރުފަޅުގެ މަޝްރޫއު

ހުޅުމާލެ-ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުރުމަށް ނިންމަނީ

13 ޑިސެމްބަރު 2023 | ބުދަ 15:43

ފުށިދިއްގަރުފަޅުން ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ 20 ހެކްޓަރުގެ ބިން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޑިސެމްބަރު 2023 | ބުދަ 15:43
ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ނިންމާފައި

ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ނިންމާފައި

ހުޅުމާލެ-ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުރުމަށް ނިންމުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ ފުށިދިއްގަރުފަޅުގެ މަޝްރޫއު ބަޖެޓުގައި ނުހިމެނި ނަމަވެސް މިސަރުކާރުން ނިންމާފައިވަނީ އެމަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އަދި ހުޅުމާލެ ފޭސް-ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންފައިވާ ކަމަށާއި، އެބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ބުދަ ދުވަހު މިމަޝްރޫއާއި ގުޅޭގޮތުން ދައުރު ނޫހުގައި ބުނެފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސީއެމްސީ ކުންފުންޏަކީ ކުރީގެ ސަރުކާރުން ފެށި ހުޅުމާލޭ-3 ދިޔަނެރުފަޅު އަދި ތިލަފުށިން އިތުރު ބައެއް ހިއްކުން ހިމެނޭ މަޝްރޫއުގެ މަސައްކަތް ވެސް ކުރަމުންދާ ކުންފުންޏެވެ.

ފުށިދިއްގަރުފަޅު ހިއްކަން އާބަންކޯއާ ސީއެމްސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކ. ގުޅީގެ އިހްތިސޯސުގެ ތެރޭގައި މިހާތަނަށް އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވަނީ ވަކިކޮށްފައެވެ. އަދި ފުށިދިއްގަރުފަޅުން ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ 20 ހެކްޓަރުގެ ބިން ކަމަށް މައުލޫމާތު ލިބެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ގެނައުމުގެ ގޮތުން ހުޅުމާލެ ފޭސް-3 އަކުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިމާފައެވެ. އަދި ބިން ދޫކޮށްފައިވެއެވެ. ފޭސްތަކަކަށް ބަހާލައިގެން މިމަޝްރޫއު ކުރިއަށް ގެންދާއިރު، މިހާތަނަށް ނިމިފައިވަނީ ސައިޓް- އޭގެ ބިން އެއްކޮށް ހިއްކާފައެވެ. އަދި ބީ ހިއްކުމުގެ މަސައްކަތް ފަށައި، މިހާރު ވަނީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލާފައެވެ. ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ 23 ސެޕްޓެމްބަރު 2023 ގައެވެ. އަލުން މިމަޝްރޫއު ފަށާނެ ވަކި ތާރީޚެއް ވެސް އާބަންކޯއިން ހާމަކޮށްފައިނުވެއެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއާ ގުޅޭގޮތުން އާބަންކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް