Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕޮމްޕޭގެ ޖަލު-ބޭކަރީ

ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައިދެނީ ކޮން ވާހަކައެއްކަން އެނގޭތަ؟

ޕޮމްޕޭއަކީ ވެސޫވިއަސް ފަރުބަދަ ގޮވައި، އެއްކޮށް ސުންނާފަތިވި ރަށެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޑިސެމްބަރު 2023 | ހޯމަ 17:45
އިޓަލީ ވިލާތުގެ ގަދީމީ ރަށެއް ކަމަށްވާ ޕޮމްޕޭ

އިޓަލީ ވިލާތުގެ ގަދީމީ ރަށެއް ކަމަށްވާ ޕޮމްޕޭ

އިޓަލީވިލާތުގެ ގަދީމީ ރަށެއް ކަމަށްވާ ޕޮމްޕޭއަކީ އިހުގެ ރޯމަނުންގެ އެންމެ ވަރުގަދަ މުއްސަދިން ދިރިއުޅުނު ރަށެކެވެ. އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ރާބުއިމާއި، ޖުވާކުޅުމާއި، އަޅުންނަށް އިހާނެތިކޮށް ހިތައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދު ފަހަނަޅާފައި ތިބި ބައެކެވެ.

ޕޮމްޕޭގެ އާބާދީއަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި، ރަށުތެރޭގައި ވައި ބަންދުވިއެވެ. އެމީހުން ތިބިގޮތަށް އެ ހަރަކާތުގައި ތިއްބައި ހަށިގަނޑާއި ފުރާނަ ވަކިވެ ދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށްވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ. އާސާރީ ތަރިކައިގެ ހޯދުންތަކަށް ޝައުގުވެރިވާ ތަޖުރިބާކާރުން މިހާރުވެސް ދަނީ ޕޮމްޕޭގައި އެކި ކަހަލަ ދިރާސާތައްކޮށް، ތަފާތު އެކިކަހަލަ ހޯދުންތައް ހޯދަމުންނެވެ. ދޭތެރެދޭތެރެއިން، އެ މަންޒަރުތައް، ބައިނަލްއަގުވާމީ މުޖުތަމައާވެސް ހިއްސާކުރެއެވެ.

މިފަހަރުވެސް ޕޮމްޕޭއިން ފެނުނީ އާދައިގެ ތަނެއް ނޫނެވެ. ޕޮމްޕޭއިން މި ފަހަރު ފެނުނީ ޖަލު-ބޭކަރީއެކެވެ. އެ ބޭކަރީގައި މަސައްކަތްކުރަމުން ދިޔަ މީހުން އެ މަސައްކަތް ކުރަމުން ދިޔައީ އަޅުންގެ ގޮތުގައެވެ. ގޮވާން ހިމުންކުރުމުގެ މަސައްކަތުގައި އެމީހުން ބޭކަރީގައި އުޅުނީ ގައިދީންގެ ގޮތުގައެވެ. އެ މަސައްކަތުގައި ހިމާރުތަކެއްވެސް ބައިވެރިކޮށްފައި ވާއިރު، އެ ހިމާރުތައްވެސް ގެންގުޅެފައި ހުރީ އެފަދަ ގޮތަކަށެވެ.

ޕޮމްޕޭގެ އާސާރުތައް ބަލައި ހޯދަމުން ދަނިކޮށް މި ފެނުނު ޖަލު-ބޭކަރީއަކީ ކުޑަކުޑަ ކޮޓަރިގަނޑެއް ކަހަލަ ތަނެކެވެ. ބޭރުތެރޭގެ އެއްވެސް މަންޒަރެއް އެ ކޮޓަރީގެ އެތެރެއަކަށް ނުފެނެއެވެ. އިންތިހާއަށް އުސްކޮށް ރާނާފައިވާ ފާރުގެ ވަރަށް މަތީގައި، ދަގަނޑު ތޭރި ޖެހި، ސައިޒުގެގޮތުން މާ ބޮޑެތި ނޫން ކުޑަދޮރުތަކެއް ހުއްޓެވެ. އެއީ ހަމަ އެކަނި އަލިކުރުމުގެ ބޭނުމަށް ހުރި ކުޑަދޮރުތަކެކެވެ. ޕާން ފިހުމަށް ބޭނުންވާ ގޮވާން މުގުރައި ތައްޔާރުކުރުމަށްޓަކައި އެ ކޮޓަރީގެ ތެރޭގައި އަޅުންނާއި ހިމާރުތައް ބުރުޖަހައި އުޅުނެވެ.

އަލިފާން ފަރުބަދައިން ފައިބައިގެން އަންނަ ދިޔާ ހިލައިގެ އަލިފާން ވައިގެ ސަތަހައަށް ހުޅުވި، ގަނޑުވެފައިވާ ހިލައިން ތަޅުމުގައި ވަށް ބުރެއްގެ ފަޅި ބައްޓަމަށް ކަނޑާފައިވާ ކެނޑުންތަކެއް ހުއްޓެވެ. އެއީ ޖަނަވާރުތައް ކަހާލައިގެން ވެއްޓުނަނުދިނުމަށް ކޮށްފައިވާ ކަމެކެވެ. ހަމަ އެއާއެކު އެ ފަޅި ބުރުތަކުން، ރާސްތާވެސް ފާހަގަ ކޮށްދެއެވެ.

ވެސުވިއަސް އަލިފާންފަދަރުބަދަ ގޮވި ވަރުގަދަ ހާދިސާ ހިނގިއިރު ޕޮމްޕޭގައި ގާތްގަނޑަކަށް 13000އްހާ މީހުން ދިރިއުޅެމުން ދިޔައެވެ. އެތައް އެޓަމް ބޮމެއް ގޮވުމާ ދާދި އެއްވަރުގެ ވަރުގަދަ ގޮވުމަކުން ވެސުވިއަސް އަލިފާންފަރުބަދަ ގޮވައި، ދުމާއި އަޅިއާއި ހިލަތައް ބޭރުވަމުން ދިޔައެވެ. ޕޮމްޕޭގެ އޭރުގެ މަންޒަރުތައް މިއަދުވެސް ހަމަ އެގޮތުގައި ފެންނަން ހުރިއިރު، އެ މަންޒަރުތަކާއި އެ ވާހަކަތައް އަޑުއެހުމަށް އެތައް ބަޔަކު ސަމާލުކަން ދެއެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
22 އެޕްރީލު 2017

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު