Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ސްޓަޓްގާޓް ކައިރިން ލެވަކޫސަން ސަލާމަތްކޮށްދިނީ ވާޓްޒް

މިހާތަނަށް ޖަރުމަނު ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2023 | ހޯމަ 02:54
ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ ސްޓަޓްގާޓްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި މޮޅަށް ކުޅެމުން އަންނަ ލެވަކޫސަން އިން އެއްވަރުވެގެން ނިންމާލި ތިން ވަނަ މެޗެވެ. 11 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، މިހާތަނަށް ޖަރުމަނު ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަންއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޓަޓްގާޓް އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ކްރިސް ފުރިޗްއެވެ. އޭނާ އެ ލަނޑު ޖެހީ ޔޮޝާ ވެގްނޮމަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މެޗުގައި ލެވަކޫސަން އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ. އޭނާ ލަނޑު ޖެހީ ވިކްޓޯ ބޮނިފޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މޮޅާއެކު ލެވަކޫސަން އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 36 ޕޮއިންޓާ އެކުއެވެ. ލެވަކޫސަނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ލިބެނީ 32 ޕޮއިންޓެވެ. ލެވަކޫސަނާ އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާއެކު ސްޓަޓްގާޓް އޮތީ 31 ޕޮއިންޓާއެކު ތިން ވަނައިގައެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2022

ރަޔޯ ވައެކާނޯ ކައިރިންވެސް ޔުނައިޓެޑަށް މޮޅު ނުވެވުނު

31 ޖުލައި 2022
ރަޔޯ ވައެކާނޯ ކައިރިންވެސް ޔުނައިޓެޑަށް މޮޅު ނުވެވުނު
11 ޖޫން 2022

އޮސްޓްރިއާ އަތުން ފްރާންސް ސަލާމަތްކޮށްދިނީ އެމްބާއްޕޭ

11 ޖޫން 2022
އޮސްޓްރިއާ އަތުން ފްރާންސް ސަލާމަތްކޮށްދިނީ އެމްބާއްޕޭ
11 އެޕްރީލު 2022

ލެވާންޓޭ ކައިރިން ބާސެލޯނާ މޮޅުވީ ކިރިޔާ!

11 އެޕްރީލު 2022
ލެވާންޓޭ ކައިރިން ބާސެލޯނާ މޮޅުވީ ކިރިޔާ!
01 މެއި 2021

ހަވާޓްޒްގެ ދެ ލަނޑުން ޗެލްސީއަށް މޮޅެއް

01 މެއި 2021
ހަވާޓްޒްގެ ދެ ލަނޑުން ޗެލްސީއަށް މޮޅެއް
04 ސެޕްޓެމްބަރު 2020

ލެވަކޫސެންގެ ޒުވާން ތަރި ހަވާޓްޒް ޗެލްސީއަށް

04 ސެޕްޓެމްބަރު 2020
ލެވަކޫސެންގެ ޒުވާން ތަރި ހަވާޓްޒް ޗެލްސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު