Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ކަޕް

ޖަރުމަން ކަޕްގެ ފައިނަލްގައި ބަޔާން އާއި ލެވަކޫސަންގެ ކުރިމަތިލުމެއް

ސެމީފައިނަލް ދެވަނަ މެޗުން ބަޔާން މޮޅުވީ ފްރެކްފަޓް އަތުން 2-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޖޫން 2020 | ބުދަ 21:17
ސެމީފައިނަލް ދެވަނަ މެޗުގައި ބަޔާން އާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން

ސެމީފައިނަލް ދެވަނަ މެޗުގައި ބަޔާން އާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ކަޕްގެ ފައިނަލަށް ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަން ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަންކަން ބަޔާން ފައިނަލުން ޖާގަ ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 2-1 ން މޮޅުވެގެންނެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާނުންނެވެ. މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީއާއެކު ބަޔާނަށް ލީޑު ނަގައިދިނީ އިވާން ޕެރިސިޗްއެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފްރެކްފަޓް އިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ޑަ ކޮސްޓާއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ބަޔާނުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ޖޯޝުއާ ކިމިޗްގެ އެހީއާއެކު ބަޔާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މީގެ އިތުރުން މި މުބާރަތުގެ ފައިނަލުން ލެވަކޫސަން ޖާގަ ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޖަރުމަންގެ ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެފްސީ ސާބްރުކަން އަތުން 3-0 ން މޮޅުވެގެންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ލެވަކޫސަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ލޫކަސް އަލާރިއޯގެ ލަނޑުން ލެވަކޫސަނުން ލީޑު ފުޅާކުރިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަރީމް ބެލަރަބީއެވެ.

ޖަރުމަން ކަޕްގެ ސެމީފައިނަލް މެޗުތައް އަންގާރަ ދުވަހުގެރެ އާއި ބުދަ ދުވަހުގެރޭ ކުޅުނު އިރު، މީގެ ކުރިން މި މެޗުތައް ކުޅެން ތާވަލުކޮށްފައި އޮތީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މާޗު މަހުން ފެށިގެން ޖަރުމަންގައި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައި އޮތުމަށްފަހު، އަލުން ފުޓްބޯޅަ މުބާރާތްތައް ޖަރުމަންގައި ފެށީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު