Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަކުވާތައް ހުށަހެޅުން

ގުޅައިގެން ނުލިބުނު ޖަވާބެއް މެއިލްއަކުން ލިބިދާނެތަ؟

ގިނަ ފަހަރަށް އާންމުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ މުއައްސާސަތަކުން ޖަވާބު ނުލިބުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 11:06
މީހަކު ފޯނު ކޯލެއްގައި

މީހަކު ފޯނު ކޯލެއްގައި

އާބަންކޯއާ ގުޅިގެން އާއްމުންގެ ޝަކުވާތައް، ސީދާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ހުށަހެޅޭ ގޮތަށް އެކުންފުނިން ވަނީ ނިންމާފައެވެ. އާބަންކޯއިން އަންނަނީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ޚިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެ ކުފުންޏާ ގުޅޭގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ޚިދުމަތް ދިނުމުގެގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ޚިޔާލު، އަދި ޝަކުވާ ސީދާ މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅޭނެ ގޮތް ހަދާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ފަޒުލްއަށް ސީދާ ސުވާލާއި ޚިޔާލު، އަދި ޝަކުވާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ޚާއްސަ އީމެއިލް އެޑްރެހެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން،askmd@urbanco.mv އަށް ކުރާ މެއިލްތަކަށް ސީދާ ފަޒުލް ޖަވާބުދެއްވާނެ ކަމަށާއި، މައްސަލަތަކާއި ޚިޔާލުތަކަށް ހެޔޮ ގޮތްތަކެއް އޭނާ ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިއާއެކު ހިތުގައި އުފެދިގެން ދިޔަ ސުވާލަކީ، ގުޅައިގެން ނުވަތަ އެތަނަށް ގޮސްގެން ނުލިބުނު ޖަވާބެއް ލިބިދާނެތޯއެވެ. ގިނަ ފަހަރަށް އާންމުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މުއައްސާސަތަކުން ޖަވާބު ނުލިބުމެވެ. ސަރުކާރުގެ މުއައްސަސާއަށް ސިޓީއެއް ހުށަހެޅިކަމުގައި ވީނަމަވެސް އެއަށް ޖަވާބުދޭން އެތައް ދުވަހެއް އެބަ ނަގައެވެ. އެ ކުންފުންޏަކަށް ފޯނު ކޯލު އަންނައިރު ނުވަތަ މައުލޫމާތު ސާފުކުރަން ގުޅާއިރު، ވާނެ ގޮތެއް ވެ އޮންނަނީ ނިމިފައެވެ.

ގިނަފަހަރަށް ރައްޔިތުން ގުޅުމުން "މި ބަލަނީ، މި ޗެކްކޮށްލަނީ، ވެރިޔާ ހުންނެވީ ޗުއްޓީގަ" މިހެން ބުނެވޭތަން އެބައާދައެވެ. މިހެން ބުނުމުގެ ބަދަލުގައި، ވަގުތުން އެ މައުލޫމާތެއް ފޯރުކޮށްދެވޭނެ ގޮތްތައް ފަހިކޮށްދޭން އެބަޖެހެއެވެ. ގިނަފަހަރަށް ވެރިންވެސް އުޅުއްވަންޖެހޭލެއް ބުރަކަމުން، މީޑިއާތަކުން ގުޅައިގެންވެސް ފޯނު ނެންގެވޭ ގޮތް އޮންނަނީ ނުވެފައެވެ. ޚަބަރަކާ ގުޅިގެން މައުލޫމާތު ހޯދަން މަސައްކަތް ކުރިޔަސް އެކަން ވެގެންދަނީ ބޮޑު ސަކަރާތަކަށެވެ.

އަޅުގަނޑު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއްޗެއްކޭ ދަންނަވާނަމަ ދެންނެވެން އޮތީ މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ތަނެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ވިޔަސް، ހިންގަމުންދާ ޕްރޮޖެކްޓެއްގެ މައުލޫމާތު ހޯދަން ވިޔަސް، ކަމެއް ހިނގައިދިޔަ ގޮތް އިތުރަށް ސާފުކުރަން ބޭނުންވިޔަސް އެ މައުލޫމާތު ވަގުތުން ވަގުތަށް ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އެހާމެ އުނދަގޫ ކަމެކެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ވެސް ވަކިން މީޑިއާ ސެކްޝަންތައް ހުރެއެވެ. އެ ސެކްޝަނަކުން މައުލޫމާތު ފޯރުކޮށްދޭން ވަކި މީހަކުވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މައުލޫމާތެއް ހޯދަންވެއްޖެނަމަ، އެކަކަށް ގުޅައި އަނެކަކަށް ގުޅައި، އެކަމުގެ މައުލޫމާތު ނުލިބިގެން އުޅެން ޖެހެއެވެ. ކަން މިހެން އޮތްއިރު، ޝަކުވާތަކުގެ ސިފައިގައި އަންނަ މެއިލްތަކަށް ޖަވާބު ދެވިދާނެތޯ އެއީ ހަަމަ ހިތުގައި އުފެދޭ ސުވާލެކެވެ.

ރައްޔިތުން ބޭނުންވަނީ އިތުރު ފޯން ލައިންތަކާއި، ނަންބަރުތަކާއި މެއިލްތަކެއް ނޫނެވެ. ޝަކުވާއެއް ނުވަތަ ކަމަކަށް އެދި ހުށަހެޅުމުން އަވަހަށް އެކަމަކަށް އެޓެންޑްވެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. އެކަމަށް ރަނގަޅު މުވައްޒަފުން ތަމްރީނުކޮށް، އަވަހަށް ރައްޔިތުންނަށް ޚިދުމަތްދެވޭނެ ގޮތެއް ފަހިވެގެން ދިޔުމެވެ. ކޮންމެ ކުންފުންޏެއްގައިވެސް މިފަދަ ނިޒާމެއް ގާއިމުކުރުމުން ރައްޔިތުންނަށް އަވަސް، ފަސޭހަ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމާމެދު ޝައްކެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ރައްޓެހިންނަށް" ގުޅައިގެން މަސައްކަތް އަވަސްކޮށްދޭން ބުނުމުގެ ހުތުރު ސަގާފަތް ނިމުމަކަށް

"ރައްޓެހިންނަށް" ގުޅައިގެން މަސައްކަތް އަވަސްކޮށްދޭން ބުނުމުގެ ހުތުރު ސަގާފަތް ނިމުމަކަށް

12 ޖުލައި 2023
ރައީސްގެ ނުސީދާ، އެހެނަސް ވަރަށް ސާފު ޖަވާބެއް

ރައީސްގެ ނުސީދާ، އެހެނަސް ވަރަށް ސާފު ޖަވާބެއް

09 ޖޫން 2022
ނޫސްވެރިންގެ ސުވާލުތައް އިންތިހާ، މުނާޒަކަށް ޖަވާބެއް ނުދެވުނު!

ނޫސްވެރިންގެ ސުވާލުތައް އިންތިހާ، މުނާޒަކަށް ޖަވާބެއް ނުދެވުނު!

08 ޖެނުއަރީ 2020
އެ ދުވަހު ނުލިބުނު އެތަށް ހައްޤެއް މިއަދު ލިބިއްޖެ!

އެ ދުވަހު ނުލިބުނު އެތަށް ހައްޤެއް މިއަދު ލިބިއްޖެ!

12 ނޮވެމްބަރު 2019
ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

16 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު