Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

4 ޑިސެމްބަރު 2024 | ބުދަ 10:28

މި މަސައްކަތުގެ ތެރެއިން 16 ޓަވަރުގައި 32 ލިފްޓް ހަރުކުރާއިރު، ލިފްޓަކަށް 550،000 އެމެރިކާ ޑޮލަރު 8.5 މިލިއަން ރުފިޔާ ހޭދަވާނެ

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2024 | ބުދަ 10:28
އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު

އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެއެވެ.

ލިފްޓް ތަކަށް ސަރުކާރުން ކުރާ ޚަރަދު ހާމަވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު އެއްސެވި ސުވާލަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދެއްވި ޖަވާބާ އެކުގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ގައި ޣަފޫރު ވަނީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ލިފްޓްތައް ހަރުކުރުމަށް ހޭދަވޭތޯ އައްސަވާ ފަޒުލް އާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލާ ގުޅިގެން ފަޒްލް ވިދާޅުވީ އެއީ ތެދެއް ކަމަށެވެ.

ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު އަކީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ފަޒުލް ކޮމިޓީ ގައި ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން 16 ޓަވަރުގައި 32 ލިފްޓް ހަރުކުރާއިރު، ލިފްޓަކަށް 550،000 އެމެރިކާ ޑޮލަރު 8.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބުދަ ދުވަހު ހާޒިރު ކުރީ އެޗްޑީސީއަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކައިވާ ފައިސާއާ ގުޅިގެން ސުވާލު ކުރުމަށެވެ.

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އިންތިހާ އަށް ބޮޑު އަގުގައި އޭގައި ކަރަޕްޝަން އެކުލެވޭ ގޮތައް ކަމަށް އާންމުންގެ ތެރޭގައި ވާހަކަތައް ފެތުރިފައިވާއިރު، ލިފްޓް ތައް ހަރުކުރާ އަގަކީ ބޮޑު އަގެއް ކަމަށް ދެކެންތޯ މެންބަރަކު ސުވާލު ކުރުމުން އެ ސުވާލަށް ފަޒުލް ޖަވާބެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލިފްޓްތަކުގެ އަގުގެ ގޮތުގައި ޗައިނާގެ ކުންފުންޏަށް 18.3 މިލިއަން ޑޮލަރު ދެއްކުމުގެ އިތުރުން، ލިފްޓް ތައް ހަރު ކުރުމަކީ އަދި ވަކި ޚަރަދެކެވެ. އެކަމަށް އިތުރު 17.6 މިލިއަން ރުފިޔާ ހޭދާވާ ކަމަށްވެއެވެ.

އަރބަންކޯއިބްރާހީމް ފަޒުލް ރަޝީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
21 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން
04 ފެބުރުއަރީ 2025

ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި

04 ފެބުރުއަރީ 2025
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
24 ޑިސެމްބަރު 2024

ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި

24 ޑިސެމްބަރު 2024
ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި
21 ޑިސެމްބަރު 2024

އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ފަޒުލް އިސްތިއުފާ ދެއްވައިފި

21 ޑިސެމްބަރު 2024
އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ފަޒުލް އިސްތިއުފާ ދެއްވައިފި
21 ޑިސެމްބަރު 2024

ވިނަރެސް ވައްކަން ފަޅާ އެރުމުން އެޗްޑީސީ ވެބްސައިޓުން މައުލޫމާތު ތައް ފޮހެލަނީ

21 ޑިސެމްބަރު 2024
ވިނަރެސް ވައްކަން ފަޅާ އެރުމުން އެޗްޑީސީ ވެބްސައިޓުން މައުލޫމާތު ތައް ފޮހެލަނީ
20 ޑިސެމްބަރު 2024

އެޗްޑީސީގެ ކަރަޕްޝަންގެ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ: އަލީ ހުސެއިން

20 ޑިސެމްބަރު 2024
އެޗްޑީސީގެ ކަރަޕްޝަންގެ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ: އަލީ ހުސެއިން
20 ޑިސެމްބަރު 2024

ގޯތި ޚިޔާނާތް: މައްސަލަ ޖެހުނު ގޯތީގެ އަދަދާއި މެދު ފަޒުލްގެ ވާހަކަ އާއި ފުލުހުންގެ ވާހަކަ ދިމާ ނުވޭ

20 ޑިސެމްބަރު 2024
ގޯތި ޚިޔާނާތް: މައްސަލަ ޖެހުނު ގޯތީގެ އަދަދާއި މެދު ފަޒުލްގެ ވާހަކަ އާއި ފުލުހުންގެ ވާހަކަ ދިމާ ނުވޭ
20 ޑިސެމްބަރު 2024

ވަގަށް ގޯތި ދިން ފަޒީލް އާ ދުވަހަކު ވެސް ބައްދަލުވެފައެއް ނުވޭ: އަކްރަމް

20 ޑިސެމްބަރު 2024
ވަގަށް ގޯތި ދިން ފަޒީލް އާ ދުވަހަކު ވެސް ބައްދަލުވެފައެއް ނުވޭ: އަކްރަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް