Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މުލާ ދެނީ ބަޔާން އެނބުރި އަންނާނެ ކަމުގެ ޔަގީންކަން

މުލާ ބުނީ، އެ މެޗުގައި ބަޔާނަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި، އެ މެޗުގައި ގިނަ ގޯސްތަކެއް ވެސް ހެދުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2023 | ހޯމަ 02:44
ފްރޭންކްފާޓް މެޗަށްފަހު ބަޔާންގެ ކުޅުންތެރިންނާއެކު މުލާ

ފްރޭންކްފާޓް މެޗަށްފަހު ބަޔާންގެ ކުޅުންތެރިންނާއެކު މުލާ

ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ ތޯމަސް މުލާ ބުނެފިއެވެ.

މުލާ މިހެން ބުނީ ޖަރުމަނު ލީގުގައި އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ކުޅުނު މެޗުން ބަޔާނަށް ލިބުނު ލަދުވެތި ބައްޔާއެކުއެވެ. މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ.

މުލާ ބުނީ، އެ މެޗުގައި ބަޔާނަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި، އެ މެޗުގައި ގިނަ ގޯސްތަކެއް ވެސް ހެދުނު ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ފްރޭންކްފާޓުން ބަޔާނަށް "ބޮޑު އަދަބެއް" ދީފި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެެވެ. މުލާ ބުނީ މިހާރު ކުރަން ޖެހޭނެ ކަމަކީ، މެޗުން ހެދުނު ގޯސްތައް ދެނެގަތުން ކަމަށާއި، އެއަށްފަހު އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ރަށުން ބޭރުގައި ކުޅޭ މެޗުތައް ކާމިޔާބު ކުރަން ބޭނުންވާ ޖޯޝާއި، ފޯރި އަދި ހަކަތަ ބަޔާންގެ ކުޅުންތެރިންގެ ކިބައިގައި ނެތެވެ. މުލާ ހިމެނޭހެން، ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޖޯޝު ދަށްވެފައިވާ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

މީގެ އިތުރުން އޭނާ ބުނީ ބަޔާން އަކީ އަބަދު ވެސް އެފަދަ ޙާލަތްތައް ކުރިމަތިވުމުން، އެކަމުން އަރައި ގަންނާނެ ޓީމެއް ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ މެޗުތައް ބަޔާނުން ކުޅެފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓީމު ނިކުންނާނީ އެންމެން އެކުވެގެން، ޙާލަތު ބަދަލު ކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. ބައްޔާއެކު ބަޔާނަށް ލީގު ތާވަލްގެ އެއް ވަނަ ގެއްލުމުން މުލާ ބުނީ، ވާދަވެރި ލީގެއްގައި އެންމެ މެޗަކުން ކަންކަން ކަނޑަަނޭޅޭނެ ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސީޒަންގައި އެކަން ފެނުނު ކަމަށާއި، އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބަޔާނަށް ދެން އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގުގައި އެ ޓީމު ނިކުންނާނީ ސްޓަޓްގާޓާ ދެކޮޅަށެވެ.

ބަޔާން މިއުނިކްތޯމަސް މުލާ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު