Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބެންޖަމިން ނަތެންޔާހޫ

ބެއިރޫތުވެސް 'ޣައްޒާއަށް ހަދާލާނެ' ކަމަށް ޚުދުމުޚުތާރު ނަތަންޔާހޫ އިންޒާރުދީފި

އިޒްރޭލުން މިހާރުވެސް ދަނީ ހިޒްބުއްލާގެ ކިއްލާތަކަށް ކަމަށް ބުނެ ވަރުގަދަ ޙަމަލާތަކެއް ދެމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2023 | އާދީއްތަ 09:09
އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ

އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ

ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ބޮއްސުންލައިގެން ގޮސް، މުޅި މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބަ އޮތް ކަމުގެ އިންޒާރުތައް، ދާއިރާގެ ތަޖުރިބާކާރުން ދެމުން ދަނިކޮށް، އެކަން ޙަޤީޤަތަކަށް ވެދާނެ ކަމުގެ ނިޝާންތައް މިހާރު މި ވަނީ ފެންނަން ފަށާފައެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް އިޒްރޭލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޖަރީމާތައް ޤަތުލުޢާންމަކަށް ބަދަލުވެ، ފަލަސްޠީނުގެ ސަރަޙައްދީ އިމުން ބޭރަށް ހަނގުރާމައިގެ ކޮޅިގަނޑު ބަންޑުން ވެދާނެ ކަމަށް ކަމަރު ނުބަނދެވި އުޅެނިކޮށް، ޔަހޫދީން ވަނީ، ލުބްނާނުގެ ވެރިރަށް ބެއިރޫތުވެސް 'ޣައްޒާއަށް ހަދާލާނެ' ކަމުގެ އިންޒާރު ދީފައެވެ.

ފަލަސްޠީނުގެ އުތުރު ބޯޑަރު ހިއްސާކުރާ ލުބްނާނަކީވެސް ދާޚިލީ ހަމަނުޖެހުމެއްގައި އޮތް ޤައުމެކެވެ. އިޤްތިޞާދީ، ސިޔާސީ އަދި މާލީ ހަލަބޮލިކަމުގައި ބެދި، މަސްރަޙު ނުތަނަވަސްވެފައި އޮތް ޤައުމެކެވެ. ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުއްލާ ޖަމާޢަތަކީ، ލުބްނާނަށް ޙަމަލާތައް ދިނުމަށް ޔަހޫދީން ދައްކާ ޙުއްޖަތެވެ. އެއް ގޮތުން ނުވީއްޔާ އަނެއް ގޮތަކުން، ޙަމަލާއެއްގެ ޒިންމާ ހިޒްބުއްލާއަށް ޢަމާޒު ކުރެއެވެ. އަދި ރައްދުގައި ކަމަށް ބުނެ، ބޯޑަރު ސަރަޙައްދަށް ސިލްސިލާ ގޮތެއްގައި ޙަމަލާތައް ދެއެވެ. އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ފެށިފަހުން ލުބްނާން ބޯޑަރަށް އިޒްރޭލުން ދިން ޙަމަލާއެއްގައި، ރޮއިޓރޒްގެ ނޫސްވެރިއަކުވެސް ވަނީ މަރާލާފައެވެ. އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަން، ދުނިޔޭގެ ބޮޑެތި ބާރުތަކަށް މި ފަހަރަކު ނޭނގުނެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި ޔަހޫދީންގެ ޢުދުވާންތައް ވަރުގަދަ ކުރަމުން ދާ އިރު، ހިޒްބުއްލާ ފަދަ ޖަމާޢަތަކުން ހިމޭނުން އޮވެދާނެ ކަމަށް ޤަބޫލު ކުރާނެ ޖާގައެއް ނެތެވެ. އަމިއްލަ ވަޒަނާއި ފަސްގަނޑުގެ ދިފާޢުގައި ތެދުވުމުގެ ޙައްޤު، ހަމަ ކޮންމެ ބަޔަކަށްވެސް ލިބިގެންވެއެވެ. ބައެއްގެ ބިންތައް ފޭރިގަނެ، ހިޞާރީ އިސްތިޢުމާރީ ބާރަކަށް އެ ޙައްޤު އޮތް ކަމަށް ބަޔަކު އިއްތިފާޤުވާ އިރު، އުފަން ފަސްގަނޑަށް ބޭރު ބަޔަކު އަތްގަދަ ކުރިއަށް ނުދޭން ތެދުވާ ހިސާބުން، ނިރުބަވެރިންގެ ޓެގު އަޅުވަނީ ކޮން ހަމައަކުން ހެއްޔެވެ؟

ޑިސެމްބަރ 7 ވީ ބުރާސްފަތި ދުވަހަކީ ނިރުބަވެރި ޔަހޫދީންގެ ފަރާތުން އަނެއްކާވެސް އެފަދަ އިންޒާރެއް ލިބުނު ދުވަހެކެވެ. އިޒްރޭލުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ ނުރުހުމާއި ނަފުރަތުވެސް އެމީހަކަށް އަމާޒުވަމުންދާ ޚުދުމުޚުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ ވަނީ، ލުބްނާންގައި މަރުކަޒުކޮށްގެން އުޅޭ ހިޒްބުއްލާއިން ހަނގުރާމައެއް ފަށައިފިނަމަ، ބެއިރޫތުވެސް 'ޣައްޒާއަށް ހަދާލާނެ' ކަމުގެ އިންޒާރު ދީފައެވެ. މާނައަކީ ނަސްލު ދޮވެލާ، މުޅި ރަށް ހަފުސްކޮށް، ސުންނާފަތިކޮށްލާނެ ވާހަކަތާއެވެ. ނަތަންޔާހޫ މިފަދަ އިންޒާރެއް ދިނީ، ލުބްނާނު ބޯޑަރު ސަރަޙައްދުގައި ހަރަކާތްތެރިވާ އިޒްރޭލުގެ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިންނާ ބައްދަލުކޮށް، ވާހަކަދައްކަމުންނެވެ.

އިޒްރޭލުގެ ނިރުބަވެރި އަސްކަރީ ވެރިންގެ ވަފުދަކާއެކު ނަތަންޔާހޫ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ކުރިން، އިޒްރޭލުގެ އުތުރަށް މިސައިލް ޙަމަލާއެއް އަމާޒުވެ، ޢުމުރުން 60 އަހަރުގެ ދަނޑުވެރިއަކު މަރުވި ކަމަށް އަޑު ފެތުރެނެވެ. އެ ޙަމަލާއަކީ އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ލުބްނާނުން ފޮނުވާލި ޙަމަލާއެކެވެ. މިސައިލް ޙަމަލާއިން ދިފާޢުވުމަށް، މުޅި ދުނިޔޭގައިވެސް ބޭނުން ކުރާ އެންމެ ވަރުގަދަ އައްޑަނަ ފަތުރާލައިގެން އޮތް އިޒްރޭލަށް، ވަކި ޖަމާޢަތަކުން ދިން ޙަމަލާއެއް އަމާޒުވީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ. އެއީ ޙަޤީޤަތުގައިވެސް ކަން ހިނގި ގޮތްބާއެވެ؟ ނޫނީ، އެއީވެސް އިތުރު ބިމެއް ފޭރިގަތުމަށް ދެއްކި އުޒުރު ނޫންބާއެވެ؟

އިޒްރޭލުން މިހާރުވެސް ދަނީ ހިޒްބުއްލާގެ ކިއްލާތަކަށް ކަމަށް ބުނެ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން އެކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ބަޔާނުގައި ވާ ގޮތުން، ޙަމަލާ ދެމުން ދަނީ އިޒްރޭލަށް ޙަމަލާ ދިން ހިޒްބުއްލާގެ ކިއްލާތަކަށެވެ. އޭގެ ތެރޭގައި އަސްކަރީ ބޭނުންތަކަށް ބޭނުން ކުރާ މަރުކަޒުތަކާއި، މަސްރަޙު ބަލަން ބޭނުން ކުރާ ތަންތަން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ހިޒްބުއްލާއަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ލުބްނާނުގައި އުފެއްދި ޝީޢީންގެ ސިޔާސީ ޕާޓީއެކެވެ. ނުވަތަ ހަރަކާތެކެވެ. އުފެދުމާ ހިސާބުން ފެށިގެންވެސް ހިޒްބުއްލާއާއި އިޒްރޭލުގެ ދެބަސްވުންތަކާއި ކޯޅުންތަކާއި ހަނގުރާމަތައް އޮވެއެވެ. ދެފަރާތުގެ މެދުގައި ފުރަތަމަ ފަހަރަށް އަސްކަރީ ކުރިމަތިލުމެއް ހިންގީ ލުބްނާނުގައި ދާޚިލީ ހަނގުރާމަ ކުރި ދުވަސްވަރުއެވެ.

ބެންޖަމިން ނަތަންޔާހޫދުނިޔެއިޒްރޭލްލެބަނަންހިޒްބުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު