Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްޠީން

ފަލަސްތީނު ދައުލަތުގެ އުއްމީދު ފުހެލުމަށް ޔަހޫދީން އާބާދު ކުރުމުގެ ޕްލޭނަކަށް އިސްރާއީލު ސަރުކާރުން ހުއްދަދީފި

ފަލަސްތީނުގެ ޙައްޤުތައް ފޭރިގަތުމަށް ވެސްޓް ބޭންކް ސަރަޙައްދުގައި 33,400 ގެދޮރު އެޅުމަށް ހުއްދަދީފައިވާ އީ1 ޕްރޮޖެކްޓަކީ ދުނިޔޭގެ ގިނަ ޤައުމުތަކުން ކުށްވެރިކުރާ ކަމެކެވެ. މި ޕްރޮޖެކްޓަކީ ފަލަސްތީނު ދައުލަތުގެ އުއްމީދު ނައްތާލުމަށް އިސްރާއީލުން އަޅާ ބޮޑު ފިޔަވަޅެއްކަމަށް މުޅި ދުނިޔޭން އަންނަނީ ބުނަމުން.

ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 01:27
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމު ކޮށްފައިވާ އިސްރާއީލުގެ އާބާދީއެއް ކަމަށްވާ މާލޭ އެޑްމީމް ގައި ހުރެ އީ1 ސަރަހައްދުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދަ

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމު ކޮށްފައިވާ އިސްރާއީލުގެ އާބާދީއެއް ކަމަށްވާ މާލޭ އެޑްމީމް ގައި ހުރެ އީ1 ސަރަހައްދުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދަ

ކުރިމަގުގެ ފަލަސްތީނު ދައުލަތުގެ އުއްމީދު ފުހެލުމަށް ޔަހޫދީންނަށް ގެދޮރު އެޅުމުގެ ޕްލޭނަކަށް އިސްރާއީލު ސަރުކާރުން ހުއްދަދީފި އެވެ.

ފަލަސްތީނުގެ ދައުލަތަކަށް ބޭނުންވާ ބިން ބައިވާ ގޮތައް އިސްރާއީލުން ހުށަހަޅާފައިވާ، އަދި ފާޅުގައި މުޅި ދުނިޔެއިން ކުށްވެރި ކޮށްފައިވާ، ޔަހޫދީން އާބާދު ކުރުމުގެ ޕްލޭނަކަށް ބުދަ ދުވަހު ހުއްދަ ލިބިއްޖެ ކަމަށް އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހިފާފައިވާ ވެސްޓް ބޭންކް ދެބައިކޮށް، އިރުމަތީ ޖެރޫސަލަމް އާ ވަކިކޮށްލާ ގޮތައް އީ1 - (އީ ވަން) ގެ ނަމުން ނަން ދީފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފާއިތުވި ހަފްތާގައި ސްމޮޓްރިޗް އިޢުލާނުކުރިއެވެ. އަދި ބުދަ ދުވަހު އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ޕްލޭނިންގ ކޮމިޝަނުން މި ޕްރޮޖެކްޓަށް އެންމެ ފަހުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އީ1 އާއެކު، އަހަރެމެން އަހަރުތަކެއް ވަންދެން ވަޢުދުވަމުން އައި ކަންތައްތައް ފުރިހަމަ ކުރަމުން މި ދަނީ،" ވެރިކަންކުރާ ކޯލިޝަނުގެ ހައްދުފަހަނަ އެޅި ސްމޮޓްރިޗް ބަޔާނެއްގައި ބުނެފައިވެއެވެ.

އޭނާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަލަސްތީނު ދައުލަތެއްގެ އުއްމީދު ފުހެލަމުން މި ދަނީ ހަމަ އެކަނި ބަސްތަކަކުން ނޫން ކަމަށާއި އަމަލުން ކަމުގައެވެ.

މި ޕްރޮޖެކްޓް އަލުން ފެށުމުން ބައިނަލްއަގްވާމީ ދުނިޔޭގައި އިސްރާއީލު އިތުރަށް އެކަހެރި ވެގެންދާނެ ކަމަށް ބެލެވެއެވެ. އިސްރާއީލުން މި މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް އިއުލާނު ކުރި އިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ފަލަސްތީނު ދައުލަތް ބަލައިގަނެ، އެ ކަން އދ ގެ އާންމު މަޖިލީހުގައި އިއުލާނު ކުރާނެ ކަމަށް އިސްރާއީލުގެ ބައެއް ގާތް އެކުވެރިން ވަނީ ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި، އޮސްޓްރޭލިއާ ފަދަ ގައުމުތައް ހިމެނެއެވެ.

މި ޕްލޭން ކުރިއަށް ނުގެންދިއުމަށާއި، ވަގުތުން ހުއްޓާލުމަށާއި، މިކަން ކުށްވެރި ކުރާ ކަމަށް އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވެފައި ވެއެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާ އިން ވެސް މި ކަން ކުށްވެރި ކޮށްފައި ވެއެވެ. އީ1 އާބާދު ކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ކޮމިއުނިޓީތައް އެކަހެރިވެ، ދެ ދައުލަތުގެ ހައްލުގެ އުއްމީދު ނެތިކޮށްލާނެ ކަމަށް އެ ވުޒާރާ އިން ބުނެފައިވެއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ އެކްސްގައި ވިދާޅުވީ، މިކަން ތަންފީޒު ކޮށްފި ނަމަ، އެއީ ފަލަސްތީނު ދައުލަތް ދެބައި ކޮށްލުމެކެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނާއި ބޮޑުކޮށް ޚިލާފުވުމެއް ކަމަށާއި، ދެ ދައުލަތުގެ ހައްލަށް ނުރައްކާވެރި ހުރަސް އެޅުމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު މި ޕްރޮޖެކްޓާ ގުޅޭގޮތުން ނޫސްވެރިންނަށް ވިދާޅުވީ މި ޕްލޭން ގެ ދަށުން އާބާދީ ބިނާ ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، "މަޝްވަރާ ކޮށްގެން ދެ ދައުލަތުގެ ހައްލަކަށް ވާސިލު ވުމަށާއި ވެސްޓް ބޭންކުގައި އިސްރާއީލުގެ ހިސޯރު ނިމުމަކަށް ގެނައުމަށް ހުރަސްއަޅާ،" ކަމެއް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީ1 މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސީދާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އާދީއްތަ ދުުވަހު، މީގެ 25 އަހަރު ކުރިން ޤާއިމު ކުރެވުނު ވެސްޓް ބޭންކުގެ އެހެން ޔަހޫދީ އާބާދީއެއް ކަމަށްވާ ޢޮފްރާ އަށް ޒިޔާރަތްކުރި އިރު، އޭނާ ވަނީ ތަންކޮޅެއް ދުރުދުރުން މިކަމާ މެދު ވާހަކަ ދައްކާފައެވެ.

އޭނާ ބުނެފައި ވަނީ މީގެ 25 އަހަރު ކުރިން، އިސްރާއީލުގެ ބިމުގައި އެމީހުންގެ ބާރު ދެމެހެއްޓުމަށް، އަދި ފަލަސްތީނު ދައުލަތެއް ޤާއިމު ކުރުން ހުއްޓުވުމަށް، އަދި ހިފާފައިވާ ބިންތަކުން ޔަހޫދީން ބޭލުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ހުރިހާ ކަމެއް ކުރާނެ ކަމަށް ވައުދު ވެފައިވާނެ ކަމަށެވެ.

"ކަލާނގެ އަށް ޝުކުރު ކުރަމެވެ، އަހަރެން ވަޢުދުވި ކަންތައްތައް އަހަރެމެން ފުރިހަމަ ކޮށްފީމެވެ."

އިސްރާއީލު-ފަލަސްތީނުގެ ޒަމާންވީ އަދި ދެމިގެންދާ މައްސަލަ އަށް އޮތް ހައްލު ގެ ގޮތުގައި ބެލެވެމުން އައި ދެ ދައުލަތުގެ ހައްލަކީ އިރުމަތީ ޖެރޫސަލަމް، ވެސްޓް ބޭންކް އަދި ޣައްޒާ ހިމެނޭ ގޮތުން ފަލަސްތީނު ދައުލަތެއް އިސްރާއީލާ އިންވެގެން ވަކިން ވުޖޫދުވުމެވެ.

ހުޅަނގުގެ ޤައުމުތަކާއި ކެމްޕޭން ގްރޫޕްތަކުން ޔަހޫދީން އާބާދު ކުރުމުގެ ޕްރޮޖެކްޓާ ދެކޮޅު ހަދާފައި ވަނީ ފަލަސްތީނު ރައްޔިތުންނާއެކު ކުރިމަގުގައި ސުލްޙަވެރި އެއްބަސްވުމަކަށް ވާސިލުވުމަށް ހުރަސް އެޅިދާނެތީއެވެ.

މާލޭ އެޑްމީމް އާ އިންވެގެން އޮންނަ އީ1 އަށް ރާވާފައި އޮތް ޕްލޭން 2012 އަދި 2020 ގައި ހުއްޓާލީ އެމެރިކާ އަދި ޔޫރަޕުގެ ސަރުކާރުތަކުން އިޢުތިރާޟު ކުރުމާ ގުޅިގެންނެވެ. މި ޕްލޭނުގައި ހިމެނެނީ 33,400 އާ ގެދޮރު ޔަހޫދީންނަށް އިމާރާތް ކުރުމެވެ.

ވެސްޓް ބޭންކުގައި ޔަހޫދީ އާބާދީ ޤާއިމުކުރުމުގެ ޙަރަކާތްތައް ދިރާސާކުރާ އިސްރާއީލުގެ އެޑްވޮކަސީ ގްރޫޕް ޕީސް ނައު އިން ބުނާ ގޮތުން، އަސާސީ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް މަދު މަސްތަކެއްގެ ތެރޭގައި ފެށިގެން ދާނެއެވެ. އަދި ގެދޮރު އިމާރާތްކުރުން އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށޭނެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ވެސްޓް ބޭންކުގައި އިސްރާއީލުން ޤާއިމުކުރާ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ.

އިޒްރޭލް-ފަލަސްޠީންބެންޖަމިން ނަތަންޔާހޫވެސްޓް ބޭންކުއީ1 ޕްރޮޖެކްޓްބެޒަލެލް ސްމޮޓްރިޗްއީސްޓް ޖެރޫސަލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު