Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޮނެކްސް އިންޓަނޭޝަނަލް ޔޫތު މުބާރާތް

ޔޮނެކްސް މުބާރާތުގެ ޑަބަލްސް ފައިނަލަށް ރާއްޖޭގެ ލައިބާ ދަތުރު ކޮށްފި

ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:00 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2023 | އާދީއްތަ 01:49
ޔޮނެކްސް މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު އޮލީވިއާ

ޔޮނެކްސް މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު އޮލީވިއާ

އެސްޓޯނިއާގައި ކުރިއަށްދާ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސްގެ ފައިނަލުން ރާއްޖޭގެ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) އަދި ޕޮލެންޑުގެ އޮލީވިއާ ޝެސްކާގެ ޕެއާ ޖާގަ ހޯދައިފިއެވެ.

މި ޕެއާ އިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. އެއަށްފަހު ކުއާޓާ ފައިނަލްގައި ކުޅުނު މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުން ވެސް ޖާގަ ހޯދިއެވެ. ސެމީ ފައިނަލްގެ ފުރަތަމަ ސެޓު އިދިކޮޅު ޕެއާ އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ލައިބާ އަދި އޮލީވިއާގެ ޕެއާ އިން ވަނީ ފަހަތުން އަރައި ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދައިފައެވެ. ފައިނަލްގައި ލައިބާ އަދި އޮލީވިއާގެ ޕެއާ ނިކުންނާނީ، އަގޯޓާ އަދި ބީޓްރިސްގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:00 ގައެވެ.

މި މުބާރާތުގެ ސިންގަލްސް ބައިގައި ވެސް ލައިބާ ވަނީ ވާދަކޮށްފައެވެ. ސިންގަލްސްގައި ލައިބާ ހިމެނުނު ގުރޫޕްގެ ތިން މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ގަދަ 16 ވަނަ ބުރުގައި ލައިބާ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު، ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ފްރިޑާ ކާމިޔާބު ކުރީ 21-16 އިންނެވެ. ނަމަވެސް ލައިބާ ވަނީ ޖެހިގެން އައި ދެ ވަނަ ސެޓު 13-21 އިން ކާމިޔާބު ކޮށްފައެވެ. ތިން ވަނަ ސެޓު ފްރިޑާ ކާމިޔާބު ކުރީ 21-19 އިންނެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މިހާތަނަށް ބައިނަލްއަޤުވާމީ މުބާރާތްތަކުން ލައިބާ ވަނީ ހަ މެޑަލް ކާމިޔާބުކޮށްފައެވެ. ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާއެވެ. އަދި ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

ޔޮނެކްސް އިންޓަނޭޝަނަލް ޔޫތު މުބާރާތްލައިބާ އަޙުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް
23 އޯގަސްޓު 2025

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ
21 އޯގަސްޓު 2025

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް
08 ޖޫން 2025

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ
04 ޖޫން 2025

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު