Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އެމްބާޕޭ ކަންތަކުގައި ވާހަކަދައްކާކަށް އަންޗެލޮޓީ ބޭނުމެއްނުވޭ

އެކަމުގައި ކުލަބުން ކުރަމުން އަންނަ މަސައްކަތުގެ ވާހަކަވެސް ދައްކަން ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޑިސެމްބަރު 2023 | ހޮނިހިރު 06:28
ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި އެމްބާޕޭ

ރެއާލްގެ ކޯޗު އަންޗެލޮޓީ އަދި އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތާ ގުޅިގެން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، އެމްބާޕޭ ކުލަބުގައި ބަހައްޓަން ޕީއެސްޖީން ބޭނުންވެއެވެ. އެކަމުގައި މިހާތަނަށް ޕީއެސްޖީއަށް އެމްބާޕޭ އާއެކު ވަކި ގޮތެެއް ނިންމިފައެއް ނުވެއެވެ. މީގެ ކުރިން، އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުން އައުނުކުރާނެ ކަމުގެ އަޑުތައްވެސް އޮތީ ފެތުރިފައެވެ. އެކަމާ ގުޅިގެން ޕީއެސްޖީއާއި އެމްބާޕޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެސްވިއެވެ. ނަމަވެސް ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު މަޝްވަރާކޮށް، ވަގުތީ ހައްލެއް ހޯދާފައި ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރެއާލުން އެމްބާޕޭ ހޯދުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ، އެމްބާޕޭގެ ކަންތަކުގައި އެއްވެސް ވާހަކައެއް ދައްކައި، ކޮމެންޓު ކުރަން އޭނާ ބޭނުންނުވާ ކަމަށެވެ. އަނެއްކޮޅުން އެކަމުގައި ކުލަބުން ކުރަމުން އަންނަ މަސައްކަތުގެ ވާހަކަވެސް ދައްކަން ބޭނުންނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ރެއާލުން ވަނީ އެމްބާޕޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެފަހަރު ރެއާލަށް ބަދަލުވާން އެމްބާޕޭ އެއްބަސްވި ކަމަށްވެސް މީޑިއާ ތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕީއެސްޖީން ލިބުނު ބޮޑު ހުށަހެޅުމާއެކު، ފަހު ވަގުތު އެމްބާޕޭ ނިންމީ އެކުލަބުގައި މަޑު ކުރުމަށެވެ. އެފަހަރު އޭނާ ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަަސްވުމެއްގައެވެ.

ރެއާލް މެޑްރިޑްކީލިއަން އެމްބާޕޭކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު