Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕާޓީ އަތުލެއްވި ގޮތަށް ރައީސް ޔާމީންގެ ވައުދުފުޅުތައް ވެސް އަމިއްލަ ކޮށްލައްވައިފި

4 ފެބްރުއަރީ 2014ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވަނީ ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެކަމަށް ނިންމަވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2023 | ހުކުރު 08:42
އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނަމަވެސް އެކަމާއިވެސް ރައީސް މުއިއްޒު ހަވާލުވެވަޑައިގަންނަވައިފި

އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނަމަވެސް އެކަމާއިވެސް ރައީސް މުއިއްޒު ހަވާލުވެވަޑައިގަންނަވައިފި

އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތަށް ބަދަލު ގެންނަވާފައިވާ ކަމަށާއި، އެއީ އަލަށް ފެއްޓެވި މަސައްކަތެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިހަކަށްދުވަހުއެވެ. ކޮންމެއަކަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނިންމެވި މުހިންމު 10 ކަމުގެ ތެރެއިން އާސަންދައިގެ ތެރެއިން ކުރެވޭ ކަންކަމަށް މިކަން އިތުރުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ކެމްޕޭން ތެރޭގައި ވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ނަމަވެސް މިއީ ހަމަ އަސްލުވެސް ރައީސް މުއިއްޒު ފެއްޓެވި އަދި މުޅިން އަލަށް ފެށޭ ހިދުމަތެއްތޯ ސުވާލުކޮށްލަން ޖެހެއެވެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި ހިލޭ މެޑިކަލް ޗެކްއަޕްގެ ވައުދުފުޅު އެއީ ރައީސް ޔާމީން 2014 ގައި ފައްޓަވައިދެއްވާފައިވާ ހިދުމަތެއް ކަމަށް ބަޔަކު ބުނާތީ އަޑުއެހީމެވެ. ދެން އެކަން އޮތްގޮތެއް ބަލަން ތަންކޮޅެއް ފަހަތަށް ޖެހިލާއިރު ކަމަކުދާކަށް ނެތެވެ. މިއީ މާކުރިންސުރެ ކުރަމުން، ދެމުން އަންނަ ހިދުމަތެކެވެ.

އިހަށް މާޒީގެ ސަފްހާތައް ނިއުޅާލުމުގެ ކުރިން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވެސް ބަލާލާނަމެވެ. އާސަންދައާއި ގުޅޭ ތިންވައުދުގެ ތެރެއިން، ހިލޭ މެޑިކަލް ޗެކްއަޕް ހެދުމާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިދުމަތެއްގެ ގޮތުގައި ހިމަނައިގެން މެޑިކަލް ޗެކްއަޕް އާސަންދައިގެ ތެރެއިން ހެދޭނެ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް އޮތް ކަމެއް ނޫން ކަމަށާއި، ސިދާ ހިލޭ މެޑިކަލް ޗެކްއަޕް ކަނޑައެޅިގެން ހެދެން ނޯންނަ ކަމަށެވެ. ނަމަވެސް މިހާރުވެސް ބައެއް ކަންކަމުގައި ޓެސްޓްތައް ހެދޭ ކަމަށާއި، މިހާރު ނިންމެވި ނިންމެވުމާއެކު އެކި އުމުރުފުރާތަކަށް ޙާއްސަކޮށްގެން އެކި ޕެކޭޖްތައް ކަނޑައަޅުއްވާނެ ކަމަށާއި، އޭގެ ތެރޭގައި ޑޮކްޓަރުން ލަފާދީފިނަމަ އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލް ހެދޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

އަދި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެކަން ކުރެވޭނެ ގޮތް ހަދާ، އެ ހިދުމަތް ނެތްކަމުގައިވާނަމަ އާސަންދަ ލިބޭ އަމިއްލަ ތަންތަނުން ވެސް އެކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން މައިގަނޑު އެއް ސިޔަސަތުކަމުގައިވާ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ މަސައްކަތް ކުރެވި އެކަމާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސް އެކަން ކުރުމަށް ހިތްވަރު ވެސް ދެއްވާނެ ކަމަށެވެ.

މިހާ ހިސާބުން ދެން މާޒީހެ ސަފްހާތައް ހުޅުވާލާނަމެވެ. ރައީސް މުއިއްޒަކީ އެހާވެސް ހަނދުމަފުޅު ބަލި ބޭފުޅެއް ނޫންކަން ޔަގީނެވެ. އެއީ އެމަނިކުފާނު ވަޒީރުކަން ކުރެއްވި ކެބިނެޓަކުން ފާސްކުރައްވައިގެން، އެމަނިކުފާނު 5 އަހަރު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ސަރުކާރު، މި ދެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައިވާ ނިންމުމެކެވެ. ހަމައެކަނި ރައީސް މުއިއްޒުގެ ނިންމުމުގައި އިތުރުވީ އެންމެ ކަމެކެވެ. އެއީ އަހަރަކު ދެފަހަރު ޗެކްއަޕް ހެދޭނެ ވާހަކައެވެ. އެހެން ނޫންނަމަ ހުރިހާ އުމުރުފުރާއަކާއި ހުރިހާ ޓެސްޓެއް އަދި މުޅި ޖުމްލަ މެޑިކަލް ޗެކްއަޕް ހިލޭ އާސަންދައިން ހެދޭގޮތަށް ރައީސް ޔާމީން ނިންމަވާ މިހާރު ވެސް އެކަންކަން ތަންފީޒުކުރަމުން އަންނަ ކަމެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ އެންމެންނަށް ސިއްހީ ފަރުވާ ފޯރުކޮށްދެއްވުމުގެ ވައުދުގެ ދަށުން ހުސްނުވާ އާސަންދައިގެ ހިދުމަތް އިފްތިތާހު ކޮށްދެއްވުމަށް 4 ފެބްރުއަރީ 2014 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން އިއުލާން ކުރެއްވީ މިފަދައިންނެވެ. މީގެ 9 އަހަރު ކުރިންނެވެ.

ރައީސް ޔާމީން އިއުލާންކުރައްވައި އިފްތިތާހުކުރައްވާ އަދި މިހާތަނަށް ވެސް ބޭނުންވާ ފަރާތްތަކުން އެ ހިދުމަތެއް ލިބެމުން އަންނަ ހިދުމަތެއް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކުރައްވާ އަލުން ފެއްޓެވިކަމެކޭ ވިދާޅުވީމުން ދެން ވީ އަތުން ހަންދާވަރަށް އަތްޖަހަންތޯއެވެ.

މިއީ ހަމަ 'ހޮޅި' ވައުދެކެވެ. މީގެ ކުރީ ސަރުކާރުތަކުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެއީ އަމިއްލަ ވައުދުފުޅުތަކަށް ހައްދަވައި އެކަންކަން ކުރެއްވުމުގައި ރައީސަކު ހަނާވަނީއެވެ. ސަރުކާރު ހިންގަން ނޭނގި، ބޮލުގައި އަތް އަޅާ ގަންބާލާ، މުދަލާއި މިނިވަންކަން ނަގާލައި ބިކަކޮށްލި މާލިމީ މީހާގެ ވައުދުތައް ވެސް ވަގަށް ނަގައި އަމިއްލަ ކުރަން ފެށީއެވެ. މިއޮތީ ވާ ވައުދުތަކެކެވެ، މި ދަނީ ހަމަ ހޮޅިއަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު