Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

ނިމިދިޔަ ޖޫން މަހު އެކުލަވާލި ލިސްޓުގައި ފުރަތަމަ ހިމެނުނީ 12 ޖަމާއަތަކާއި 59 މީހަކު، އަލުން އެކުލަވާލި ލިސްޓަަށް އިތުރު 18 ޖަމާއަތަކާއި ފަރުދުން ވަނީ އިތުރުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ޖުލައި 2017 | ބުރާސްފަތި 06:59
ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް

ގަތަރަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް

ގަތަރާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފައިވާ ބައެއް ގައުމުތަކުން، ޓެރަރިޒަމަށް ވާގިވެރިވާ ޖަމާއަތްތަކާއި ފަރުދުން ހިމެނޭ ލިސްޓެއް ކަމަށް ބުނެ ނެރެފައިވާ އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ ސަރުކާރުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ ޝެއިޚް ސައިފް ބިން އަހްމަދު އަލް ސާނީ ބުދަ ދުވަހު ވިދާޅުވީ ގަތަރާއި ގުޅުން ކަނޑާލައިފައިވާ ހަތަރު ގައުމަކުން އެކުލަވާލި ބްލެކްލިސްޓަށް އިތުރު 18 ޖަމާއަތަކާއި ފަރުދުން އިތުރު ކުުރިއިރު އެ ލިސްޓަކީ އެއްވެސް އަސާސެއްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް ނޫން ކަަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގަތަރާއި ދެކޮޅަށް ބައެއް ގައުމުތަކުން ކުރާ ގޯސް ކެމްޕެއިން އަދިވެސް ކުރިއަށް ގެންދާތީ ނުހަނު ހައިރާންވާ ކަމަށެވެ.

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނިމިދިޔަ ޖޫން މަހު އެކުލަވާލި ލިސްޓުގައި ފުރަތަމަ ހިމެނުނީ 12 ޖަމާއަތަކާއި 59 މީހަކު ހިމެނެއެވެ. އެއަށް އަލުން އިތުރު ކުރި ލިސްޓުގައި ޔަމަނާއި އަދި ލީބިއާ އަށް ނިސްބަތްވާ ނުވަ ޖަމާއަތެއް ހިމެނެއެވެ.

ނިމިދިޔަ ޖޫން މަހު ސައުދީ، މިސްރު، ޔޫއޭއީ އަދި ބަހްރައިން އިން ޓެރަރިޒަމަށް ވާގިވެރިވާ ފަރުދުންނާއި އަދި ޖަމާއަތްތައް ކަމަށް ބުނެ އެކުލަވާލި ބްލެކްލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ލިސްޓު އެކުލަވާލި ގައުމުތަކުން ބުނާ ގޮތުން ގަތަރާއި ގުޅުން އޮންނަ ފަރާތްތަކެވެ.

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާއި އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލީ ޖޫން މަހުގެ ތެރޭގައެވެ. ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން ދަނީ ގަތަރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު