Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަސްޓް ލޭޑީ ސާޖިދާ

ފަސްޓް ލޭޑީ ސާޖިދާއަށް މަޤާމެއް އުފައްދާ މައްސަލައިގައި ސީއެސްސީ ކޮމެޓީއަށް ހާޒިރުކުރަނީ

6 ޑިސެމްބަރު 2023 | ބުދަ 12:49

ސީއެސްސީ އިން ފަސްޓްލޭޑީއާއެކު ކޮންޓްރެކްޓެއް ހަދަން ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޑިސެމްބަރު 2023 | ބުދަ 12:49
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް މަޤާމެއް އުފައްދާ މައްސަލައިގައި ސިވިލް ސަރިވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފިއެވެ.

ސީއެސްސީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެކަމަނާއަށް ވަކި މަޤާމެއް އުފައްދަވަން ސީއެސްސީ އިން ނިންމެވި ނިންމެވުމަކީ އެކޮމިޝަންގެ އެކި މަޤާމުތަކުގައި ތިބި ފަރާތްތަކުގެ ކަންބޮޑުވުމެއް ކަމަށާއި ކޮމެޓީން އެކަން އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވީ މިކަމާއި ގުޅިގެން ކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކޮށްގެން މަޝްވަރާ ކުރެއްވުން ރަނގަޅު ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމުން ވަނީ ދެން އެންމެ އަވަހަށް ޖަލްސާ އޮންނަ ހޯމަ ދުވަހު (11 ޑިސެމްބަރު) އެކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ ފަސްޓް ލޭޑީގެ މަސްއޫލިއްޔަތުތައް ފުރިހަމަކުރެއްވުމުގައި ލުއިފަސޭހަތައް ހޯދައިދިނުމުގެ ގޮތުން ސީއެސްސީ އިން އެކަމަނާއާއެކު ކޮންޓްރެކްޓެއް ހަދަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ސާޖިދާއަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އެ އޮފީހުގައި އެކަމަނާ އަދާ ކުރައްވާ ވަޒީފާ ކުރިއަށް ގެންދަވަން ބޭނުންފުޅުވާތީ، ސާޖިދާ ވަނީ ފަސްޓް ލޭޑީގެ މަޤާމު ފުރުއްވަމުން ގެންދެވި ނަމަވެސް އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް ސީއެސްސީއަށް ހުށަހަޅުއްވާފައެވެ. ސީއެސްސީން ވަނީ އެކަމަނާ ސިވިލް ސަރވިސް އޮފީހެއްގައި މަސައްކަތް ކުރެއްވުމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް ބުނެފައެވެ. ސިވިލް ސަރވަންޓުން ރަސްމީކޮށް ހަ ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ފަސްޓް ލޭޑީއެއްގެ ހައިސިއްޔަތުން ދެ މަސައްކަތް އެއްފަހަރާ ކުރެއްވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
10 ސެޕްޓެމްބަރު 2025

''މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު'' ދިރާސާ ކުރާ ކޮމެޓީ ބުދަ ދުވަހު ވެސް ސިއްރުކޮށްފި

10 ސެޕްޓެމްބަރު 2025
''މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލު'' ދިރާސާ ކުރާ ކޮމެޓީ ބުދަ ދުވަހު ވެސް ސިއްރުކޮށްފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް