Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިޙްގެ މައްސަލަ

ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ފައިޙް ބަންދުކޮށްދޭން އެދުމުން، 45 ދުވަހަށް ބަންދުކުރީ ރަނގަޅަކަށް ނޫން

7 ދުވަހުގެ ތެރޭގައި ހުށައަޅައިފިނަމަ ބަންދާމެދު އަލުން ގޮތެއް ނިންމޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޑިސެމްބަރު 2023 | އަންގާރަ 10:06
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް

ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަން އިއުލާނު ކުރިތާ މަސް ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާއި ހަވާލުވި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކޮށްދޭން އެދުމުން، 45 ދުވަހަށް ބަންދުކޮށްފައިވަނީ ރަނގަޅަކަށް ނޫންކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ 24 ފެބްރުއަރީ 2023 ގައި މާފަންނުގެ ފިހާރައެއްގެ ތެރޭގައި ސ.ހިތަދޫ / އިޒުމީރު މުޙައްމަދު އަޙްމަދުދީދީއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ މައްސަލައިގައި ފައިޙް ބަންދު ނުކުރުމަށް ނެރުނު އަމުރާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމުކޮށްލާފައިވުމުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރިއެވެ. އެއީ 6 ނޮވެމްބަރު 2023ގައެވެ.

އޭރު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ރިމާންޑް ޖަލެއްގައި ފައިޙް ބަންދުކުރުމަށް ފުލުހުން އެދުމުން، ކޯޓުން ނިންމީ އޭނާ 45 ދުވަހަށް ބަންދު ކުރުމަށެވެ.

މިއީ ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓަށް ހުށައެޅި މައްސަލައެކެވެ.

އޭނާގެ މައްޗަށް މިހާރުވެސް މާރާމާރީގެ މައްސަލައެއްގައި ދައުވާކޮށް ޝަރީއަތް ކުރިއަށްދެއެވެ.

ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅުއްވާފައެވެ.

އަދި 5 ޑިސެމްބަރުން ފެށިގެން 7 ދުވަހުގެ ތެރޭގައި އޭނާ ތަހުގީގު މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި ކަމާބެހޭ ކޯޓަށް ހުށައަޅައިފިނަމަ، ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަލައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. 

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު