Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ގުރޫޕު މާރާމާރީ

އައްޑޫ ގުރޫޕު މާރާމާރީ: ކޯޓު އަމުރެއްގެ ދަށުން އިތުރު 2 މީހަކު ހައްޔަރުކޮށްފި

މި މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ 30 އަހަރުގެ ފިރިހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޑިސެމްބަރު 2023 | ހޯމަ 14:54
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން

އައްޑޫ ސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި 2 މާރާމާރީއާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު އެކަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ. އަދި އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދު އާދިއްތަ ދުވަހު ހިނގި އެހެން މާރާމާރީއަކާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އާދީއްތަ ދުވަހު ހިންގި މާރާމާރީގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަހަމްކޮށްލާފައެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން 4 މީހަކު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހުންނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. ދެ ގުރޫޕުގެ ދެމެދު ހިނގި މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެރޭ 9:30ހާއިރުއެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސްކަމަށާއި، ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ.

އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޓީމުތައް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައެވެ.

އައްްޑޫ ސިޓީމޯލްޑިވްސް ޕޮލިސް ސަރވިސްގޭންގް މާރާމާރީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު