Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީއަކީ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް، ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއް: މެންބަރު ސަލީމް

ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އެމްޑީޕީން ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2023 | އާދީއްތަ 17:26
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ކޮންމެ މީހަކަށް ވެސް ފުރުސަތު އޮތް، ކުރިއަށްދާން މަގު ކޮށައިދޭ ޕާޓީއެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި، ހުސްވެފައިވާ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އިންތިޚާބު ކުރެއްވުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ އެމްޑީޕީއަކީ ހަގީގީ ޑިމޮކްރަޓިކް ޕާޓީ ކަމަށާއި، އެކަން މި ވޯޓުން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ޕާޓީން ކުރިއަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބޭ ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.

މެންބަރު ސަލީމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށެވެ.

މެންބަރު ސަލީމް ވިދާޅުވީ މިވަގުތަކީ ގައުމު އިސްކޮށް، މަސްއޫލިއްޔަތާއި، ޒިންމާތަކާއި، ވާޖިބުތަކާއި، މަތިވެފައިވާ މަސައްކަތްތަކާއިގެން ކުރިއަށްދާންވީ ވަގުތު ކަމަށެވެ.

އެމްޑީޕީއަކީ މިގައުމުގެ މިއަދުގެ އޮޕަޒިޝަން ޕާޓީކަން ފާހަގަކުރައްވައި މެންބަރު ސަލީމް ވިދާޅުވީ އެމްޑީޕީން ސަރުކާރަށް ފާރަވެރިވާނެ ކަމަށާއި، ސަރުކާރުން ކަން ކުރާ ގޮތާއި މެދު ފުންކޮށް ބަހުސްކޮށް މަޖިލީހަށް ފެންނަ އެންމެ ރަނގަޅު މަގުން މަގުދައްކައިދޭނީ އެމްޑީޕީން ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދައުރުގައި މަޖިލީހުގެ ރިޔާސަތަށް މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.

އެމްޑީޕީހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު