Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލި-ނިން މެޑްވޯޑް ކަޕް 2023

ބައިނަލްއަޤުވާމީ ހަ ވަނަ މެޑަލް ހޯދައިދިނީ ލައިބާ

3 ޑިސެމްބަރު 2023 | އާދީއްތަ 21:30

ލައިބާ ލޯ މެޑަލް ހޯދީ ލި-ނިން މެޑްވޯޑް ކަޕްގެ 13 އަހަރުން ދަށުގެ ސިންގަލްސް ބައިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2023 | އާދީއްތަ 21:30
ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް

ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް

ސްލޮވޭނިއާގައި ކުރިއަށްދާ، ލި-ނިން މެޑްވޯޑް ކަޕްގެ 13 އަހަރުން ދަށުގެ ސިންގަލްސް ބައިން ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ، ލައިބާ އަޙުމަދު މަޚްލޫފް ލޯ މެޑަލް ހޯދައިފި އެވެ.

ސްލޮވޭނިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން އަދި ޔޫރަޕްގެ މައި ބެޑްމިންޓަން އިދާރާ "ބެޑްމިންޓަން ޔޫރަޕް" އިން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސްގެ ސެމީ ފައިނަލްގައި ލައިބާ ވަނީ ވާދަކޮށްފަ އެވެ. ސެމީ ފައިނަލްގައި ލައިބާ ނިކުތީ އޮސްޓްރިއާގެ 11 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ، ޒާން ޕިއާއާ ދެކޮޅަށެވެ. އެ މެޗު އޮސްޓްރިއާގެ ޕިއާ ކާމިޔާބު ކުރީ 8-21 އަދި 10-21 އިންނެވެ. މީގެ އިތުރުން ލައިބާ ވަނީ 13 އަހަރުން ދަށުގެ ޑަބަލްސްގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ ބައިގައި ލައިބާ އަދި ލައިބާގެ ޕެއާ ޕާޓުނަރު، ސްލޮވޭނިއާގެ މުސްތަފިކް އިލްހާނާ ނިކުތީ ކްރޮއޭޝިއާގެ ކޮވިޗް ޖެލެނާ އަދި ސްލޮވޭނިއާގެ މިލިވޮޖެވިޗް ޓެއޮޑޮރާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން ލައިބާ އަދި އިލްހާނާ ވަނީ ބަލިވެފަ އެވެ.

މިއީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޯށް ލައިބާ މިހާތަނަށް ހޯދި ހަ ވަނަ މެޑަލް އެވެ. މީގެ ކުރިން ލައިބާ ވަނީ އިޓަލީގައި ކުރިއަށް ދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން ޔޫތު މުބާރާތުގައި ވާދަކޮށް ދެ ލޯ މެޑަލް ހޯދި އެވެ. ކްރޮއޭޝިއާގައި ކުރިއަށް ދިޔަ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ. ދާދި ފަހުން ވަނީ ޕޮލެންޑުގައި ކުރިއަށް ދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ އެވެ. އަދި ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

ސްލޮވޭނިއާ މުބާރާތަށް ފަހު ދެން ލައިބާ ވާދަކުރާނީ މި މަހުގެ އަށް ވަނަ ދުވަހުން، 10 ވަނަ ދުވަހަށް އޮންނަ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގަ އެވެ. އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ލައިބާ ވަނީ ބުނެފަ އެވެ.

ލި-ނިން މެޑްވޯޑް ކަޕް 2023ލައިބާ އަޙުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް
23 އޯގަސްޓު 2025

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ
21 އޯގަސްޓު 2025

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް
08 ޖޫން 2025

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ
04 ޖޫން 2025

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ
27 ޖެނުއަރީ 2025

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2025
މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް
03 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި

03 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި
02 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް

02 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް
22 ސެޕްޓެމްބަރު 2024

ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް

22 ސެޕްޓެމްބަރު 2024
ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް
22 ސެޕްޓެމްބަރު 2024

ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ

22 ސެޕްޓެމްބަރު 2024
ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް