Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގްރެމިއޯ

ސުއަރޭޒް ގްރެމިއޯ ދޫކޮށްލަނީ

ގްރެމިއޯ ދޫކޮށްލުމަށް ފަހު ސުއަރޭޒް ގުޅޭނެ ކަމަށް ބެލެވެނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2023 | އާދީއްތަ 00:46
ގްރެމިއޯ އަށް ކުޅެމުން އައި ލުއިސް ސުއަރޭޒް

ގްރެމިއޯ އަށް ކުޅެމުން އައި ލުއިސް ސުއަރޭޒް

ބްރެޒިލްގެ ގްރެމިއޯ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑު ލުއިސް ސުއަރޭޒް، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ގްރެމިއޯ އަށް ބަދަލުވީ މިއަހަރު އެވެ. އޭނާ އެ ކުލަަބަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ސުއަރޭޒް މިހާރު ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެހެންކަމުން ގްރެމިއޯ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސުއަރޭޒް ގްރެމިއޯ ދޫކޮށްލާކަން އެ ޓީމުގެ ކޯޗު ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ޓީމުގެ ކޯޗު ބުނީ ހަގީގަތުގައި ވެސް އެ ޓީމުން ސުއަރޭޒް މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. އޭނާ ބުނީ، ސުއަރޭޒް ވަނީ އެ ކުލަބުގެ އެންމެހާ ކުޅުންތެރިން، ކޯޗިން އޮފިޝަލުން އަދި ސަޕޯޓަރުންގެ ލޯބި ހޯދާފައި ކަމަށެވެ. އިތުރަށް އޭނާ ބުނީ، ކުލަބު ދޫކޮށްލަން މިހާރު ސުއަރޭޒް ނިންމާފައިވާ ކަމަށާއި، އެހެންކަމުން އޭނާ އަށް މުސްތަޤުބަލުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

ގްރެމިއޯ ދޫކޮށްލުމަށް ފަހު ސުއަރޭޒް ގުޅޭނެ ކަމަށް ބެލެވެނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށެވެ. އެ ކުލަބުން މިހާރު އަންނަނީ ސުއަރޭޒް ހޯދުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނީ މިއާމީން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ މިއާމީން ސުއަރޭޒް ހޯދަން މަސައްކަތް ކުރަނީ، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އެދުމުގެ މަތިން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މެސީ އަދި ސުއަރޭޒް އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް ދެ ކުޅުންތެރިން އެކުގައި ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނުއިރު، ޚާއްސަ ގާތްކަމެއް ވަނީ އުފެދިފަ އެވެ.

ގްރެމިއޯލުއިސް ސުއަރޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

09 ޖޫން 2024
މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު

މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު

05 މެއި 2024
ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް

ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް

17 މާރިޗު 2024

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު