Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޭޖާ ލީގު ސޮކާ

މިއާމީ މޮޅުވީއިރު، ވިދާލީ ސުއަރޭޒް

މޮޅާއެކު މިއާމީ އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 06:59
މެޗުގައި ލަނޑު ޖެހުމަށްފަހު ލުއިސް ސުއަރޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލުއިސް ސުއަރޭޒް އުފާ ފާޅު ކުރަނީ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި ހައުސްޓަން ޑައިނަމޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިއާމީން މި ސީޒަންގެ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި ސީޒަންގެ ލީގުގައި އިންޓަރ މިއާމީގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ ނިއު ޔޯކް ސިޓީއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ފަތިހު ޑައިނަމޯއާ ދެކޮޅަށް ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީން ތިން ލަނޑު ޖެހިއިރު، ފަހު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އަދި މި ހާފުގައި ޑައިނަމޯ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ޓެލަސްކޯ ސެގޯވިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މިއާމީގެ ދެ ވަނަ ލަނޑު ޖެހީ ޓަޑެއޯ އަލެންޑޭ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސެގޯވިއޯ ވަނީ މިއާމީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މި ތިން ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ. އަދި މެޗުގައި މިއާމީގެ ހަތަރު ވަނަ ލަނޑު ޖެހީ ވެސް ސުއަރޭޒް އެވެ. މެޗުގައި ޑައިނަމޯގެ ހަމައެކަނި ލަނޑު ޖެހީ ނިކޮލަސް ލޮޑެއިރޯ އެވެ.

މޮޅާއެކު މިއާމީ އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ސުއަރޭޒް އުއްމީދުގައި

ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ސުއަރޭޒް އުއްމީދުގައި

30 ޖޫން 2018
ސުއަރޭޒްގެ ހެޓްރިކާއެކު ޖިރޯނާ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

ސުއަރޭޒްގެ ހެޓްރިކާއެކު ޖިރޯނާ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާކޮށްފި

25 ފެބުރުއަރީ 2018
ނޭމާގެ ގޮތް އެނގޭ، އޭނާ ރެއާލް އަށް ބަދަލެއް ނުވާނެ: ސުއަރޭޒް

ނޭމާގެ ގޮތް އެނގޭ، އޭނާ ރެއާލް އަށް ބަދަލެއް ނުވާނެ: ސުއަރޭޒް

04 ޑިސެމްބަރު 2017
ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ

ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ

17 އޯގަސްޓު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު