Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އޮނާނާ އަކީ މޮޅު ގޯލު ކީޕަރެއް: ޓެން ހާގް

އޮނާނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އެންމެ މޮޅު ގޯލު ކީޕަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2023 | ހޮނިހިރު 09:02
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި ގޯލު ކީޕަރު އޮނާނާ

ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އަދި ގޯލު ކީޕަރު އޮނާނާ

މެމްޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކެމަރޫންގެ ގޯލު ކީޕަރު އަންދްރޭ އޮނާނާ އަކީ މޮޅު ކީޕަރެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އޮނާނާގެ ފަރާތުން ގޯސްތަކެއް ހެދުމުން، ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެމުންނެވެ. ޓެން ހާގް ބުނީ، އޮނާނާގެ ކުޅުމާއި، ކަންކަން އެނަލައިޒް ކޮށް، ތަފާތު ހިސާބުތަކަށް ބަލައިފި ނަމަ، އޮނާނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އެންމެ މޮޅު ގޯލު ކީޕަރުކަން ސާފުވާނެ ކަމަށެވެ. ޓެން ހާގް ބުނީ އޮނާނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށާއި، ނަމަވެސް އޭނާ އަށް ވެސް ގޯސްތަކެއް ހެދޭ ކަމަށެވެ. ނަމަވެސް ޔުނައިޓެޑަށް ބަދަލުވެ މިހާތަނަށް އޮނާނާގެ ފަރާތުން ފެންނަ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، މިވަގުތު އޮނާނާ އަށް އެކި ފަރާތްތަކުގެ ފާޑު ކިޔުންތައް އަމާޒުވަމުން އަންނަ ކަމަށެވެ. ނަމަވެސް ފުޓުބޯޅަ ކުޅޭ ކުޅުންތެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް ވެސް ފާޑު ކިޔުންތައް އަމާޒުވާނެ ކަމަށާއި، އެކަންކަމާ ކެރިގެން ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އޭނާ ދެކޭ ގޮތުގައި އޮނާނާ އަށް ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކުން އޭނާ އަރައިގަންނާނެ އެވެ. އެކަންކަމާ އޮނާނާ ކެރިގެން ކުރިމަތިލާނެކަން ފާހަގަކޮށް ޓެން ހާގް ބުނީ، އޮނާނާ އަކީ މުސްތަޤުބަލު އުޖާލާ ކުޅުންތެރިޔެއް ކަމަށެވެ.

ޔުނައިޓެޑުން އޮނާނާ ހޯދީ މީގެ ކުރިން އެ ޓީމުގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ޑޭވިޑު ޑެހެޔާ ކުލަބު ދޫކޮށްލުމާއެކު އެވެ.

މެންޗެސްޓަރ ޔުނައިޓެޑްއަންދްރޭ އޮނާނާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު