Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމަ ފެށުމުން ޔުނިސެފްގެ ކަންބޮޑުވުން

ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި: ޔުނިސެފް

ޔުނިސެފުން ބުނީ އެހީދިނުމުގެ މުހިންމު މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 18:29
ހަނގުރާމަ ފެށުމަށްފަހު އިސްރާއީލުން ބުނީ ސަލާމަތްވާން ބޭނުންވާ މީހަކު ހުރިނަމަ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް

ހަނގުރާމަ ފެށުމަށްފަހު އިސްރާއީލުން ބުނީ ސަލާމަތްވާން ބޭނުންވާ މީހަކު ހުރިނަމަ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް

އިސްރާއީލާއި ހަމާސްގެ ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި ކަމަށާއި، ހަނގުރާމަ ހުއްޓާލައިގެން ތިބި ހަފްތާއެއްހާ ދުވަސް އެކުދިންނަށް ސިފަވީ ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށް ޔުނިސެފުން ބުނެފިއެވެ.

އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް)ގެ ތަރުޖަމާނަކު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލާއި ހަމާސް އާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން އަލުން ބިރުވެރި ކަމަކަށް ވެއްޓި، އެހީދިނުމުގެ މުހިންމު މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ ހަފުތާއެއްހާ ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ސަރަހައްދަށް ބޮޑެތި އެހީތަކެއް ވަދެފައިވީ ނަމަވެސް މިއަދު އެކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ހަމަނުޖެހުންތައް އަނެއްކާވެސް ހޫނުވަމުންދާއިރު، ވަކިން ހާއްސަކޮށް ޣައްޒާގެ ކުޑަކުދިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާއިރު، އިސްރާއީލްގެ ހަމަލާތަކުގައި އެތައްބައިވަރު ކުޑަކުދިން މަރުވެފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އާބާދީ ބޮޑު މި ސަރަހައްދުގައި ފެނާއި ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަންވެސް އޭނާ ސިފަކުރެއްވި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ފެނުގެ ނެޓްވޯކްފަދަ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްފައިވާތީ ބަލިމަޑުކަމެއް ޣައްޒާގައި ފެތުރިދާނެކަމުގެ ބިރުއޮތް ކަމަށް އޭނާވިދާޅުވިއެވެ. އަދި އެފަދަ ބަލިތަކެއް ފެތުރުމަކީ ޒަޚަމްވެފައިވާ، މީހުންނަށާއި އަދި ގެދޮރު ގެއްލިފައިވާ މީހުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ އުދުވާންތައް އަލުން ފަށާފައި މި ވަނީ، ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމާ ޙަމާސް ޖަމާޢަތުން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، ހަޤީޤަތަކީ، އެއްބަސްވުމާ ޚިލާފަށް މުސްލިމުންގެ ލޭ އޮހޮރުވައިލަމުން ގޮސްފައި ވަނީ ޔަހޫދީ ފައުޖުން ކަމެވެ. ޔަހޫދީންގެ އުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސް ޖަމާޢަތުން ވެސް ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ޔަހޫދީން ދިރިއުޅޭ ރަށްތަކަށް ރޮކެޓް ހަމަލަ ދޭން ފަށާފައެވެ.

ޙަމާސް-އިސްރާޢީލް އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވަނަ ދުވަހުގެ ހެނދުނު ޣައްޒާ ގަޑިން 7 ޖެހިއިރުއެވެ. މި އެއްބަސްވުމާ އެކު ޙަމާސްއިން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 110 އަސީރުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ޒަޔަނިސްޓު އިސްރާޢީލުގެ 80 ރައްޔިތުން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ 240 މީހުން މިނިވަން ކޮށްފައެވެ. މިނިވަން ކޮށްފައި ވަނީ، އެއްވެސް ހައްޤު ކުށަކާ ނުލައި ހައްޔަރުކޮށް، ޖަލުތަކަށްލައި، ބޮޑެތި އަނިޔާތަކެއް ދެމުން ގޮސްފައިވާ ބަޔެކެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނެވެ.

ޔުނިސެފްޣައްޒާފަލަސްތީނުއިޒްރޭލްދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު