Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތް

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

މި ސަރުކާރުން ބަޖެޓް ފޮތުގައި އެ ފައިސާ ދޭނެ ކަމަށް ހިމަނުއްވާފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 11:22
ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ފިނިޝިންގ ގެ މަސައްކަތަށް ދިޔަ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި

ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ފިނިޝިންގ ގެ މަސައްކަތަށް ދިޔަ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި

ވައުދުތައް ވުމާއި އެ ވައުދުތައް ނުފުއްދުމާއި ބުނާ ވާހަކަ ފަހުން އެހެން ގޮތަކަށް ބަދަލުވުމަކީ މި ދުނިޔޭގެ އަދާއެވެ. މިކަންތައްތައް މި ދުނިޔެމަތިން ފެންނަމުންދާއިރު ޚާއްސަ ގޮތެއްގައި ފާހަގަވެގެންދަނީ ސިޔާސީ އެކި މީހުން ދައްކާ މޮޅު ވާހަކަތަކެވެ. ރައްޔިތުންނަށް ދައްކާ ފޮނި ހުވަފެންތަކެވެ. އެ ހުވަފެނުގައި ކުލަ ޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ހިތާ ކުޅެލަނީ އިންތިހާ މޮޅު އުކުޅުތައް ބޭނުންކޮށްގެންނެވެ. ސިޔާސީ މައިދާނުގައި އަބަދުވެސް ވާދަވެރި މީހާ ކަންތައްތައް ކުރާގޮތް ކަމަކު ނުދާނެއެވެ. އެއަށްވުރެން "ރަނގަޅަށް" ތިމާ ކަންތައްތައް ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް މަދެއް ނޫނެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ދޫކުރި ގޮތާއި އެ ފްލެޓްތައް ހަވާލުކުރުމަށް ގެންގުޅުނު ސިޔާސަތުތައް މި ސަރުކާރަކަށް ކަމަކު ނުދިޔައެވެ. އެތަނުގެ ފިނިޝިންގ މަސައްކަތް ނުނިންމާ ރައްޔިތުންނަށް ތަން ހަވާލުކުރުމުން ވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް ބުނަމުންދިޔައެވެ. ރިޔާސީ އިންތިޅާބަށް ކެމްޕޭން ކުރައްވަމުން ގެންދެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ފިނިޝިންގ ގެ މަސައްކަތަށް ދިޔަ ފައިސާ އެ ރައްޔިތުންނަށް އަނބުރާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަަމަށް ވިދާޅުވިއެވެ. ދެ ލައްކަ ރުފިިޔާގެ ރޭޓުން 6000 ފްލެޓަށް ބަލާއިރު އެއީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މި ސަރުކާރުން ބަޖެޓް ފޮތުގައި އެ ފައިސާ ދޭނެ ކަމަށް ހިމަނުއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވީ ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ހޭދަވި މިންވަރު ދޭނެ ކަމަށް ވިދާޅުވި ނަމަވެސް ބަޖެޓް ފޮތުގައި އެކަން ނެތުމުން ފިނޭންސް މިނިސްޓަރާއި ސުވާލު ކުރެއްވި ކަމަށެވެ. ޔައުޤޫބް ވިދާޅުވީ އެ ފައިސާ ނުދެވޭނެ ކަމަށާއި އެއީ "ސިޔާސީ ވާހަކަފުޅެއް" ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ކަން މިހެން އޮތްނަމަވެސް އަނެއްކާވެސް ހިޔާ ފުލެޓުގެ ފިނިޝިންގ މަސައްކަތް ނިންމަން ހަރަދުކުރި ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ. ފަޒުލް މިފަދައިން ވިދާޅުވިނަމަވެސް ބަޖެޓް ފޮތުގައި ހިމަނާފައިނުވާ އެއްޗެއް، ދޭނެ ގޮތެއް ނުވިސްނެއެވެ. ބަޖެޓްގައި ނުޖަހާ އެއްޗެއް ދައުލަތުގެ މާލިއްޔަތަކުން ދެވޭނެ ގޮތެއް ނޯންނާނެއެވެ. އާރބަން ކޯ އިން އެ ފައިސާ ދޭން ނިންމީ ކުންފުނީގެ ފައިސާއިން ތޯއެވެ.

ފިނިޝިންގެ މަސައްކަތަށް ދިޔަ ޖުމްލަ 1.2 ބިލިއަން ރުފިޔާ ރައްުޔިތުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ގޮތް އެބަ ސާފުކޮށްދޭން ޖެހެއެވެ. ޔަޤީންކަން ދެއްވަން ވާނީ ހަމައެކަނި އަނގަ ބަހަކުނެއް ނޫނެވެ. އެކަން ކުރާނެ ގޮތާއި އެކަން ކުރިއަށްދާނެ ގޮތުގެ ޕްލޭން އެބަ ހާމަކުރަން ޖެހެއެވެ. ބަޖެޓް ފޮތުގައި ހިމަނާފައި ނުވާ އެއްޗެއް ދޭނެކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި ތި އަޅުވަނީ އަނދުންތޯއެވެ؟ ނުވަތަ ތިޔަ ދައްކަވަނީ އަވާމެންދުރެއްތޯއެވެ؟ އަދި ނޫނީ އެއީ އަނެއްކާވެސް ކުރިޔަށް އޮތް މަޖިލީސް އިންތިޚާބުން ވެސް ފައިދާތަކެއް ހޯއްދަވަން ދައްކަވާނެ "ސިޔާސީ" ވާހަކަ އެއްތޯއެވެ.

ހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު