Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެންރީ ކިސިންޖަރު އަވަހާރަވުން

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖަރު އަވަހާރަވެއްޖެ

30 ނޮވެމްބަރު 2023 | ބުރާސްފަތި 06:01

ކިސިންޖަރަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގަވާފައިވާ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 30 ނޮވެމްބަރު 2023 | ބުރާސްފަތި 06:01
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖަރ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖަރ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ ހެންރީ ކިސިންޖަރ، އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

އޭނާއަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ދެ ރައީސުންގެ ޚިދުމަތުގައި ގިނަދުވަހު ޚިދުމަތް ކުރި ހަމައެކަނި ލީޑަރެވެ. އޭނާ އަވަހާރަވީ ކަނެކްޓިކަޓްގައި ހުންނަ އޭނާގެ ގޭގައެވެ.

ކިސިންޖަރުގެ ޢުމުރުފުޅުން ސަތޭކަ އަހަރު ފުރުނުއިރުވެސް ހެޔޮ ހާލުގައި ހަރަކާތްތެރިވެ އުޅުއްވައެވެ. އެގޮތުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ، ލީޑާޝިޕް ސްޓައިލްތަކާ ބެހޭ ފޮތެއް ޝާއިއުކުރުމާއި، އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކަލާ ގުޅޭ ގޮތުން ސެނެޓްގެ ކޮމެޓީއެއްގައި ހެކިބަސް ދެއްވުން ފަދަ މުހިންމު ކަންކަމުގައި އުޅުއްވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް 2023 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ވަނީ ކުއްލި ގޮތަކަށް ބެއިޖިންއަށްވެސް ވަޑައިގެންފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ރައީސް ރިޗަޑް ނިކްސަންގެ ވެރިކަމުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި އިރު، 1970 ގެ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދިޔަ ގިނަ ހާދިސާތަކުގައި އޭނާގެ އަތްޕުޅެއް އޮތެވެ.

އެމެރިކާގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އާކިޓެކްޓްގެ ގޮތުގައި ހުންނެވި ކިސިންޖަރުގެ ތަރި ފަނޑުވާން ފެށީ 1974 ވަނަ އަހަރު ނިކްސަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނާއަކީ ރައީސް ޖެރަލްޑް ފޯޑްގެ ވެރިކަމުގައިވެސް ޑިޕްލޮމެޓިކް ބާރެއްގެ ގޮތުގައި ދެމިހުންނެވި އަދި މުޅި އުމުރުދުވަހު ވެސް ހަރުދަނާ އުޞޫލުތަކެއްގައި ދެމިހުންނެވި ބޭފުޅެކެވެ.

ކިސިންޖަރުގެ ހުނަރުވެރިކަމާއި ފުޅާ ތަޖުރިބާއަށް ގިނަ ބަޔަކު ތައުރީފު ކުރި އިރު، އަނެއް ބަޔަކު އޭނާ އަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ސިފަކޮށްފައި ވަނީ ކޮމިއުނިސްޓުންނާ ދެކޮޅު ޑިކްޓޭޓަރޝިޕްތަކަށް، ހާއްސަކޮށް ލެޓިން އެމެރިކާއަށް އޭނާ ތާއީދު ކުރާތީ އެވެ.

އޭނާގެ ފަހުގެ އަހަރުތަކުގައި، އެމެރިކާގެ ކުރީގެ ޚާރިޖީ ސިޔާސަތާ މެދު އޭނާ ހައްޔަރުކުރަން ނުވަތަ ސުވާލު ކުރުމަށް އެހެން ގައުމުތަކުން ކުރި މަސައްކަތުން އޭނާގެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ.

އޭނާ ނޯބެލް ސުލުހައިގެ އިނާމް ދީފައިވަނީ 1973 ވަނަ އަހަރު އެވެ. އެ އިނާމް އޭނާއަށް ދިން ނަމަވެސް ނޮބެލް ކޮމެޓީގެ ދެ މެންބަރަކު އިސްތިއުފާ ދެއްވީ ކެމްބޯޑިއާ އަށް އެމެރިކާ އިން ސިއްރުން ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.

އެމެރިކާދުނިޔެ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް