Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮންލައިން ޓީޗިން ކޯސް

އޮންލައިންކޮށް ޓީޗިން ކޯސް ކުރިއަށްގެންދެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް: ސުޕްރީމް ކޯޓު

29 ނޮވެމްބަރު 2023 | ބުދަ 07:33

ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ދައުލަތަށް ސާފު ކޮށްދެވިފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2023 | ބުދަ 07:33
ހައި ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމެއް

ހައި ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމެއް

ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމްކިޔުއޭއިން ނެރުނު ގައިޑްލައިންގައިވާ ގޮތުން ޓީޗިންގެ އިތުރުން ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯސް، މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސްތަކާއި، ނާސިން ކޯހާއި، ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފައެވެ.

މަންދު ކޮލެޖްގެ ދަރިވަރުންގެ 40 އިންސައްތައަކީ ޓީޗިން ދާއިރާގެ ކޯސްތަކުގައި އުޅޭ ދަރިވަރުން ކަން ފާހަގަކޮށް މާލެ ހައި އިން ބުނެފައިވަނީ އީ-ލަރނިންގެ ތެރެއިން މި ކޯސްތަކަށް ގިނަ ދަރިވަރުން ނުލިބޭ ނަމަ ކޮލްޖްގެ އެންރޯލްމަންޓް ދަށްވެ، ވިޔަފާރީގައި ގެއްލުންވާނެ ކަމަށެވެ. އަދި ބާކީ 60 އިންސައްތަ ދަރިވަރުންގެ ކިޔެވުންވެސް ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާއެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި، އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު ގޮތަށް ވަަގުތީ އަމުރެއް ނެރެފައިވަނީ ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ އަމުރު ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުން 3 ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ވަގުތީ އަމުރަކަށް އެދި ހުށައަޅާފައިވަނީ ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ މައުޟޫގައި ހިމެނޭކަމެއްކަމަށެވެ.

މި މައްސަލައަށް ބަލާއިރު، ޝަރީއަތުގައި ހިނގަމުންދާ މައުޟޫއީ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން އެދިފައިވާ ވަގުތީ ފަރުވާ ނުދީފިނަމަ، އީލާރނިންގ މެދުވެރިކޮށް ޓީޗިންގ ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތާއި، ދަރިވަރުންނަށްވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނެކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ދައުލަތަށް ސާފު ކޮށްދެވިފައިނުވާކަންވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ.

ފަނޑިޔާރުންގެ އިއްތިފާޤުން މި މައްސަލައިގައި ނިންމާފައިވަނީ ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަންދު ކޮލެޖް

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
23 ސެޕްޓެމްބަރު 2024

ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!

23 ސެޕްޓެމްބަރު 2024
ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!
19 ސެޕްޓެމްބަރު 2024

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

19 ސެޕްޓެމްބަރު 2024
ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް