Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީ އަށް ޕްރެޝަރު އޮތްކަމަށް ދެކެވޭ ވާހަކަތަކަށް ލަޕޯޓާގެ ރައްދު!

ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ ހުރުމަކީ މުޅި ކުލަބަށް ވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2023 | އަންގާރަ 00:57
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ

ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ޕްރެޝަރު އޮތް ކަމަށް ދެކެެވޭ ވާހަކަތަކަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ރައްދު ދެއްވައިފި އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާގެ އިސްވެރިންގެ ޕްރެޝަރު ޒަވީ އަށް އެބަ އޮތެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅު ނުވެއްޖެ ނަމަ، ޒަވީ އަށް އިސްވެރިންގެ ޕްރެޝަރު ބޮޑު ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ދާދި ފަހުން އެއްބަސްވުން އައު ކުރި ޒަވީ އަށް އިސްވެރިންގެ ތާއީދު ގެއްލިދާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާ އާއި ކުލަބުގެ އިސްވެރިން ތިބީ ޒަވީއާއެކު ކަމަަށެވެ. އެކަމަށް ސަތޭކަ އިންސައްތަ ޔަގީންކަން ދޭކަން ފާހަގަކޮށް ލަޕޯޓާ ބުނީ، އޭނާ އާއި އެހެނިހެން އިސްވެރިންގެ ތާއީދު ވެސް ޒަވީ އަށް އޮތް ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާ އޮތް ޙާލަތުގައި ކުލަބާ ހަވާލުވެ، ޒަވީ ކޮށްފައި ވަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ ހުރުމަކީ މުޅި ކުލަބަށް ވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒަވީ އާއެކު ބާސެލޯނާ ވަރުގަދަކޮށް، ކާމިޔާބު ހޯދަން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިއަހަރު އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާޖޮއާން ލަޕޯޓާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު