Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އުނދަގޫ މެޗަކަށް ވިޔަސް، އެންރީކޭ އަށް އޮތީ އިތުބާރު!

ގުރޫޕުގެ ފަހު ކޮޅަށް ދާއިރު، ކުރިމަތީ އޮތީ އުނދަގޫ މެޗެއްކަން ފާހަގަކޮށް އޭނާ ބުނީ، ނިއުކާސަލް މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 00:48
ޕީއެސްޖީގެ ފަރިތަކުރުމުގައި ކޯޗު އެންރީކޭ

ޕީއެސްޖީގެ ފަރިތަކުރުމުގައި ކޯޗު އެންރީކޭ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށާއި، އެހެން ނަމަވެސް ޓީމުގެ ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު އޮންނަ ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ ނިއުކާސަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ ވަރަށް ކުރު މުބާރާތެއް ކަމަށާއި، އެ މުބާރާތުގައި ކުޅެން ލިބެނީ މަދު މެޗުތަކެއް ކަމަށެވެ. އެކަހަލަ މުބާރާތެއްގައި ޕީއެސްޖީ ލައްވާލައިފައި އޮތީ އުނދަގޫ ގުރޫޕެއްގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ގުރޫޕުގެ ފަހު ކޮޅަށް ދާއިރު، ކުރިމަތީ އޮތީ އުނދަގޫ މެޗެއްކަން ފާހަގަކޮށް އޭނާ ބުނީ، ނިއުކާސަލް މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. އޭނާ ބުނީ އެ ގުރޫޕު މިހާރު އޮތް ގޮތުން އެންމެ ފަހު މެޗާ ހަމައަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި، ޕީއެސްޖީ އޮތީ ހުރިހާ ޙާލަތެއްގައި ވެސް ވާދަކުރަން ތައްޔާރަށް ކަމަށެވެ. މިހުރިހާ ކަމަކާއެކު ވެސް، ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

އެންރީކޭ ބުނީ ޕީއެސްޖީއާ ހަވާލުވެ މިހާތަނަށް އޭނާ ކުރި މަސައްކަތަށް ބަލާއިރު، އެންމެ ބޭނުންވާ ކަހަލަ ޓީމެއް އަދި ނުފެންނަ ކަމަށެވެ. އެހެން ނަަމަވެސް، ކުރިއަށް އޮތް ތަނުގައި އަދި ވެސް ވަރަށް ގިނަ ކަންކަން ކުރަން ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، ޕީއެސްޖީން ދާން ބޭނުންވާ މިސްރާބުގައި ޓީމު ކުރިއަށްދާއިރު، ހާސިލުކުރަން ބޭނުންވާ ކަންކަން ހުރީ ދުރުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕީއެސްޖީގެ ސްކޮޑަށް ބަލާއިރު، ވަކި ވަކި ކުޅުންތެރިންގެ ހުނަރުތައް ވަރަށް ރަނގަޅު ކަމަށާއި، މިހާރު ދެން ބޭނުންވަނީ އެކުވެގެން ރަނގަޅު ނަތީޖާތަކެއް ނެރެން ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަށް އިޝާރާތްކޮށް އެންރީކޭ ބުނީ، އޭނާ ދެކޭ ގޮތުގައި ޕީއެސްޖީގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ވަރަށް ގިނަ އެވެ. އަދި އެކަންކަން ރަނގަޅުކޮށް، ކުރިއަށް ދެވޭނެ ކަމަށް ވެސް އޭނާ ޤަބޫލު ކުރެ އެވެ.

ނިއުކާސަލާ ދެކޮޅަށް އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ނިކުންނައިރު، ޕީއެސްޖީ އޮތީ ގުރޫޕް އެފްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑަށް ލިބެނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފަސް ޕޮއިންޓާއެކު އޭސީ މިލާން އޮތްއިރު، ފުލުގައި ނިއުކާސަލް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ޕީއެސްޖީ އާއި ނިއުކާސަލް ވާދަކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

ލުއިސް އެންރީކޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
އެންރީކޭ ބުނީ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް!

އެންރީކޭ ބުނީ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް!

29 އޮކްޓޯބަރު 2024
އަންނަ ސީޒަންގައި ޕީއެސްޖީގައި ކުޅެން އުނދަގޫ ވާނެ: އެންރީކޭ

އަންނަ ސީޒަންގައި ޕީއެސްޖީގައި ކުޅެން އުނދަގޫ ވާނެ: އެންރީކޭ

15 މެއި 2024
ކުޅިވަރުގައި ބަލި ޤަބޫލުކުރަން ޖެހޭނެ: އެންރީކޭ

ކުޅިވަރުގައި ބަލި ޤަބޫލުކުރަން ޖެހޭނެ: އެންރީކޭ

08 މެއި 2024

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު