Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް

ވަރިވާން ދިޔަ އަންހެނަކަށް ޒާތީ މެސެޖް ފޮނުއްވި މެޖިސްޓްރޭޓް ޖަވާބުދާރީވެވަޑައިގަތުމަށް އިތުރު ދެ ދުވަސް

29 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންފިނަމަ، މައްސަލާގައި ކޮމިޓީން ގޮތެއް ނިންމާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ނޮވެމްބަރު 2023 | ހޯމަ 16:44
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަލީ އާދަމް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަލީ އާދަމް

ވަރިވާން ދިޔަ އަންހެނަކަށް ޒާތީ މެސެޖް ފޮނުއްވި މެޖިސްޓްރޭޓް ޖަވާބުދާރީވުމަށް އިތުރު ދެ ދުވަސް ދިނުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ވިދާޅުވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭގޮތުން މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި އަލީ އާދަމާ ބައްދަލުކުރަން ކޮމިޓީ ބައްދަލުވުން ބޭއްވިނަމަވެސް، އަލީ އާދަމަށް ކޮމިޓީއަށް ވަޑައިގަތުމަށް ދެންނެވުމުން، އަލީ އާދަމް ވިދާޅުވެފައިވަނީ، ވަކީލަކާއެކު ވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.

އެގޮތުން ވަޑައިގަންނަވަން އޮތް ދުވަހަކީ ހޯމަ ދުވަސް ކަމަށާއި، އެހެންނަމަވެސް ހޯމަ ދުވަހު އިތުރު ސިޓީއެއް ކޮމިޓީއަށް ފޮނުއްވާފައިވާކަމަށާއި، ސިޓީގައި ވަނީ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންފުޅުވާ ކަމަށް، ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ހޯމަ ދުވަހުގެ ކޮމިޓީއަށް އަލީ އާދަމް ވަޑައިނުގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެންމެ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، 3 ދުވަހުގެ ތެރޭގައި ވަޑައިގަންނަވަން އަލީ އާދަމަށް ދެންނެވުނު ކަމަށާއި، އެހެންނަމަވެސް މައްސަލަ އިތުރަށް ދިރާސާކުރައްވައި، ހާޒިރުވެވަޑައިގެންނެވޭނެ ދުވަހަކީ ހޯމަ ދުވަސް ކަމަށް އަލީ އާދަމް ވިދާޅުވެފައިވާކަމަށެވެ. އަދި އެ ފުރުސަތު އަރުވާފައި ވާކަމަށާއި، ނަމަވެސް އަނެއްކާވެސް އެހެން އުޒުރެއް ދައްކަވާފައި ވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އަލީ އާދަމް އެދިވަޑައިގެންފައިވާ ފަދައިން އިތުރު ވަގުތު އެރުވުމަށް ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ނިންމެވުމަށެވެ. އަދި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ އަލީ އާދަމަށް އިތުރު 2 ދުވަހުގެ ފުރުސަތެއް އެރުވުމަށް ނިންމަވާފައެވެ. އަދި ދެ ދުވަސް ފަހުން 29 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމަވާފައެވެ.

29ގައި ވަޑައިނުގެންފިނަމަ ހާޒިރުވެވަޑައިނުގަތް ކަމާމެދު ގޮތެއް ނިންމުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ނިންމަވާލައްވަމުން މުގައްރިރު ވިދާޅުވީ، 29 ވަނަ ދުވަހަކީ އެންމެ ފަހު ފުރުސަތު ކަމަށާއި، 29 ވަނަ ދުވަހުގެ ހެނދުނު 10:00ށް ވަޑައިގަތުމަށް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅުއްވައި މެސެޖުކުރެއްވި މައްސަލާގައި، ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު