Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއައްސަސާތައް މިނިވަންނުވުން

ރައްޔިތުންގެ މަޖިލިސް މިނިވަން ނުވެ، މިގައުމުގެ އެއްވެސް މުއައްސަސާއެއް މިނިވަންނުވާނެ: އަލީ ހުސެއިން

8 ޖޫން 2025 | އާދީއްތަ 11:46

މަޖިލީހުން މިއަދު ޒިންމާ ނުނަގާ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް މަސައްކަތެއް ނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2025 | އާދީއްތަ 11:46
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލިސް މިނިވަން ނުވެ، މިގައުމުގެ އެއްވެސް މުއައްސަސާއެއް މިނިވަންނުވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑު މެޖޯރިޓީއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މިނިވަންތަނެއް ނޫން ކަމަށެވެ. މަޖިލީހުން މިއަދު ޒިންމާ ނުނަގާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ މަޖިލިސް މިނިވަންނުވެ، ގައުމުގެ އެއްވެސް މުއައްސަސާއެއް މިނިވަން ނުވާނެ ކަމަށާއި، މިއަދު ޖޭއެސްސީއަކީ ވެސް މިނިވަން ތަނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީ މިނިވަންނުވެ، ކޯޓުތައް މިނިވަން ނުވާނެ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ވެރިކަމަށް އަންނަ މީހާއަށް ރައްޔިތުން މަޖިލީހުގެ ކޮންޓްރޯލް ލިބުމުން ގައުމު އެ ލިބެނީ ހިތަކަށް ކަމަށާއި، ކުރަމުންދަނީ ހިތުހުރި ކަމެއް ކަމަށެވެ. އަދި މިކަން ރައްޔިތުން ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިފެންނަނީ ރައީސް ޖަވާބުދާރީވުން ނުވަތަ ސަރުކާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުގެ ޒިންމާ އަދާނުކުރޭ. އެންމެ މުހިންމު ކަމަކަށް ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލިސް މިނިވަން ނުވާ ކަމަށްވަންޏާ ދެން އަޅުގަނޑު ގަބޫލުކުރާގޮތުގައި މިގައުމުގެ އެއްވެސް މުއައްސަސާއެއް މިނިވަން ނުވާނެ. މިނިވަން މުއައްސަސާތައް މިނިވަން ވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންވީމަ. ރައްޔިތުންގެ މަޖިލިސް މިނިވަން ނުވަންޏާ ޖޭއެސްސީ މިނިވަން ނުވާނެ. ޖޭއެސްސީ މިނިވަން ނުވަންޏާ ކޯޓުތަކެއް މިނިވަނެއް ނުވާނެ. އަޅުގަނޑުމެންނަށް އޮޅިގެން ނަމަވެސް ގާނޫނު އަސާސީ ފަރުމާ ކުރެވިފައިމިއޮތީ އެގޮތަށް ހަގީގަތުގައި.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

މި ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެކަމަށް ޗެލެންޖުކޮށް، ކޯޓުތައް ނުދެވޭ ކަމަށްވާނަމަ މިގައުމުގައި ކޯޓުތައް ބެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

އަޅުގަނޑު މިއަދުވެސް ގަބޫލުކުރަނީ ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލެއް ގެންނަ ކޮންމެ އިސްލާހެއް އެއީ ޖުޑީޝަލް ރެވިއު އުސޫލުން މިރާއްޖޭގެ ހައިކޯޓުގައި ވެސް ސުޕްރީމް ކޯޓުގައި ވެސް ޗެލެންޖު ކުރެވެންޖެހޭނެ. ގާނޫނު އަސާސީގައި ހަމަ ހިތުހުރި އެއްޗެއް ލިޔުނީމަ އެވާހަކަ ހިފައިގެން ކޯޓަށް ނުދެވެންޏާ އެކަމަށް ކޯޓުގައި ޗެލެންޖް ނުކުރެވޭ ކަމަށްވަންޏާ ދެން ކޯޓުތައް ހުރުމުގެ ބޭނުމެއް ނެތެއްނުންތޯ ހަގީގަތުގައި. ކީއްކުރަން ބަހައްޓާ ހައިކޯޓެއް ތޯ. ކީއްކުރަން ބަހައްޓާ ސުޕްރީމް ކޯޓެއްތޯ. ކީއްކުރަންތޯ އަޅުގަނޑުމެން ކިޔަނީ ތިން ބާރުވަކިވެފައިވާ ނިޒާމެކޭ. މިތާގައި މިއޮތީ ޑިމޮކްރަސީ އެކޭ. ނޫން. އެއެއް ނެތް ހަގީގަތުގައި.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކި ކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ޖޭއެސްސީ ދެއްކީ ތާކުންތާކު ނުޖެހޭ ވާހަކަތަަކެއް ކަމަށާއި، އެއީ ކުޑަ ކުދިން ގާތުގައި ދައްކާ ޒާތުގެ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީއަށް މިއަދު ރައްޔިތުންގެ އިތުބާރު ނެތް ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު، ފުރިހަމަ ޑިމޮކްރަސީ ނެތްކަން ހާމަވެފައިވާ ކަމަށާއި، ރައްޔިތުން އެދޭ ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް