Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ބަންދުކުރަން އެދެނީ ހައިކޯޓުން މައްސަލަ ނިމޭއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު އޮތުމުންކަމަށް ދައުލަތުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2023 | ހޯމަ 06:07
ނަދީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއްގެ ތެރެއިން

ނަދީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއްގެ ތެރެއިން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދު ނުކޮށްދޭން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން އެދިފައިވަނީ އިސްތިއުނާފު އަޑުއެހުން ނިމެންދެން ދައުވާލިބޭ ފަރާތްތައް ބަންދުކޮށްދިނުމަށެވެ.

Advertisement - newsAdvertisement

ދައުލަތުން ވަނީ އެމީހުންގެ ހައްޔަރާއި ބަންދު ރެކޯޑުވެސް ހުށައަޅާފައެވެ. އަދި ދަށު ކޯޓުގެ މައްސަލަ ކުރިއަށް ދިޔައިރުވެސް އެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ނަދީމްގެ މަރުގެ މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅި ތާރީޚުން ފެށިގެން މިހާތަނަށް މަފާޒްގެ މައްޗަށް 2 މައްސަލައެއްގައި ދައުވާ އުފުލާފައިވާ ކަމަށާއި، އޭނާގެ ކުށުގެ ރެކޯޑުތަކެއް އެބަހުރިކަމަށް ދައުލަތުގެ ވަކީލުން ވަނީ ހައިކޯޓުގައި ވިދާޅުވެފައެވެ.

އޭގެ ތެރެއިން ހުސައިން ޝާމީންއާއި ކަރަމް ސުހައިލް ވަނީ އެމީހުން ވަޒީފާގައި އުޅޭކަމުގެ ލިއުންތައް ހުށައަޅާފައެވެ.

އެހެންނަމަވެސް، މިމަހުގެ 20 ވީ ހޯމަ ދުވަހު ހައިކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަމަލުކުރާނެ އިޖްރާއަތެއް ނުވަތަ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތްކަމަށެވެ. އެގޮތުން އިސްތިއުނާފުގެ މަރުހަލާގައި ކުރިން ހައިކޯޓުން މީހުން ބަންދުކުރިޔަސް، އެ މައްސަލައާ މި މައްސަލައާ ތަފާތުކަމަށް އެ ނިންމުމުގައި ވެއެވެ.

އެ މައްސަލާގައި ގޮތް ނިންމެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސައިން މަޒީދާއި، އިސް ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމުގެ ނިންމެވުމުގައި ބުނީ އެ މީހުން ބަންދުކުރަން އެދެނީ ހައިކޯޓުން މައްސަލަ ނިމޭއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، ދައުވާލިބޭ މީހުންގެ ތެރެއިން މަފާޒަކީ އެހެން މައްސަލައަކާ ގުޅިގެން މިވަގުތު ބަންދުގައި ހުރި މީހެއް ކަމަށެވެ.

ހަމައެހެންމެ، އެ މީހުން މި މަރުހަލާގައި ބަންދުކުރަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށްވެސް އެ ނިންމުމުގައިވެއެވެ. އެހެންކަމުން، އިސްތިއުނާފީ މަރުހަލާގައި ކޯޓުން މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް އެ އަމުރުގައި ވެއެވެ.

ހައިކޯޓުގެ އެ ނިންމުން ދައުލަތުން މިހާރު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި، ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ސާމިހުގެ އިތުރުން، ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލުގެ މައްޗަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު