Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީބީގެ މެންބަރުކަން

ރައީސުލްޖުމްހޫރިއްޔާ ޕީސީބީގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އައްޔަންކުރައްވާފައި ވަނީ އަލްއުސްތާޛު އަޙްމަދު ނަޝާޠު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2023 | ހޯމަ 03:13
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އައްޔަންކުރައްވާފައި ވަނީ އަލްއުސްތާޛު އަޙްމަދު ނަޝާޠުއެވެ.

Advertisement - newsAdvertisement

އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ އާދިއްތަ ދުވަހުއެވެ.

އަލްއުސްތާޛު އަޙްމަދު ނަޝާޠު އަކީ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު އަޙްމަދު ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލްގެ މަގާމުގައެވެ.

ޕީސީބީގެ މެންބަރުން މަދުވުމުން ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ނުކުރެވި ވަނިކޮށް، ރައީސް ޑރ.މުއިއްޒު ވަނީ މި މަހު އިތުރު ބޭފުޅުން ވެސް ޕީސީބީ އަށް އައްޔަންކުރައްވާފައެވެ. އެގޮތުން މިމަހުގެ 23 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޙަސަން މުޣުނީ ވަނީ އައްޔަންކުރައްވާފައެވެ. މުޣުނީ އަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސްމަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ވެސް ޕީސީބީ ބޯޑަށް ވަނީ އައްޔަންކުރައްވާފައެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު