Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މޮޅުވާން މަޖުބޫރު މެޗަކަށް، މާޒިޔާ ބަންގްލަދޭޝަށް

ބަލިވެއްޖެނަމަ މާޒިޔާ ކަޓާނެ

ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2023 | އާދީއްތަ 04:51
އޭއެފްސީ ކަޕުގައި މާޒިޔާ އާއި ބަޝުންދުރަ މާލޭގައި ކުޅުނު މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގައި މާޒިޔާ އާއި ބަޝުންދުރަ މާލޭގައި ކުޅުނު މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގް އަތުން މޮޅުވާން މަޖުބޫރު މެޗު ކުޅެން މާޒިޔާ އެ ގައުމަށް ހިނގައްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން މާޒިޔާއިން ބަންގްލަދޭޝަށް ދިޔައީ ފުލް ޓީމާއެކުގަ އެވެ. ބިދޭސީ ހަ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމުގެ 14 ކުޅުންތެރިން މާޒިޔާގައި އެބަތިއްބެވެ.

މި މެޗަށް ނުކުންނައިރު މާޒިޔާ އޮތީ ތިން ޕޮއިންޓާއެކު ހަތަރު ޓީމު ވާދަކުރާ ގްރޫޕްގެ ފުލުގަ އެވެ. ބަޝުންދުރަ ކިންގް އޮތީ ހަތް ޕޮއިންޓާއެކު ޓޭބަލުގެ ކުރީގަ އެވެ. ބަޝުންދުރަ އާއި އިންޑިޔާގެ މޯހަން ބަގާން ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، މޯހަން ބަގާން ދެ ވަނަ އަށް ދިޔައީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ވަނާގައިވަނީ ހަ ޕޮއިންޓާއެކު އިންޑިޔާގެ އޮޑިއްސާ އެވެ. މިހެންވެ މިހާރު ވެސް ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް މާޒިޔާއަކަށް ނެތެވެ. ބަޝުންދުރަ އާއި މާޒިޔާ މާލޭގައި މި މުބާރާތުގައި ކުޅުނު މެޗުން މޮޅުވީ މާޒިޔާ އެވެ.

މި މެޗުން ބަލިވެއްޖެނަމަ މާޒިޔާ އަށް ދެ ވަނަ ބުރަށް ނުދެވޭނެ އެވެ. އެއީ ބާކީ ކޮންމެ ޓީމަކަށް ވެސް އޮންނާނީ އެއް މެޗު ކަމަށްވާތީ އެވެ.

2013 ވަނަ އަހަރު ރާއްޖޭގެ ނިއުރޭޑިއަންޓް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ދިޔަ ފަހުން ރާއްޖޭގެ ޓީމަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައިނުވެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު