Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމްގެ ހިންގުން

ވަރުގަދަ ޕާޓީއެއް ބަލިކުރުމަށްފަހު ވެރިކަމަށް އާދެވުނީ ޕީޕީއެމް ރަނގަޅު ގޮތުގައި ހިންގާފައިވާތީ: މުއާޒު

26 ނޮވެމްބަރު 2023 | އާދީއްތަ 05:08

ވެރިކަން އަލުން އަނބުރާ ހޯދުމަށް މަސައްކަތް ކުރީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2023 | އާދީއްތަ 05:08
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު

ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު

ރާއްޖޭގައި އޮތް ވަރުގަދަ ޕާޓީއެއް ބަލިކުރުމަށްފަހު ވެރިކަމަށް އާދެވުނީ ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަނގަޅު ގޮތުގައި ހިންގާފައިވަތީ ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުއާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަދައި މަސައްކަތް ކުރަނީ ވެރިކަން ހޯދުމަށް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރީ އެ މަސައްކަތްކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ ވެރިކަން އަލުން އަނބުރާ ހޯދުމަށް މަސައްކަތް ކުރީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ބަލިކުރުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، މިފާއިތުވި 5 އަހަރު ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަސްތަކުގައި ވެސް ޕާޓީ ހަރުދަނާ ގޮތެއްގައި ހިންގާފައިވާ ކަމަށާއި، ޕާޓީ ހިންގުމުގައި ވެސް ވަރުގަދަ ލީޑަރުންތަކެއް ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށެވެ.

ޕީޕީއެމް ރަނގަޅަށް ނުހިންގާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މުއާޒު ވިދާޅުވީ ޕާޓީ ރަނގަޅަށް ނުހިންގާނަމަ ވެރިކަން ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން މުއާޒު ވިދާޅުވީ ދިމާވި ބައެއް ކަންކަމާއި ގުޅިގެން ޔާމީންގެ ފަރާތުން ސްޓީރިއަން ކޮމެޓީއެއް އުފައްދަވާ ވަކިން މަސައްކަތް ކުރުމަކީ ވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. މިއަދާ ހަމައަށް އައިރު ކައުންސިލަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް މުއާޒު ވިދާޅުވިއެވެ.

ޕީއެންސީއަށް އާއްމު މެންބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި މުއާޒު ވިދާޅުވީ އެއީ މައްސަލައެއް ނޫން ކަމަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ޕާޓީ ދެވަނަ ދަރަޖާގެ ޕާޓީއެއްގެ ގޮތުގައި އޮންނަން ނުޖެހޭ ކަމަށެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ އެއް ފިކުރެއްގެ ބައެއް ކަމަށާއި، މީގެ ކުރިން ޕީއެންސީ ވެސް އޮތީ ޕާކުކުރެވިފައި ކަމަށެވެ. އެއްވެސް ހަރަކާތެއްގައި އިސްކޮށް ޕީއެންސީ މަސައްކަތް ކޮށްފައިނުވާ ކަމަށާއި، މިހާރު ހާލަތު ބަދަލުވުމުން ޕީޕީއެމްއަށްވުރެ އިސްކޮށް ޕީއެންސީން ހަރަކާތްތެރިވާންޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.

މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވެސް ޔާމީންގެ ދައުރުގައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މިހާރުގެ ވެރިކަން މުއިއްޒަށް ލިބިވަޑައިގެންނެވުމުން އެ މަނިކުފާނަށް ގައުމު ހިންގުމުގައި އެއްބާރުލުން ދޭންޖެހޭ ކަމަށާއި، ވެރިކަން ދިފާއު ކުރަންޖެހޭ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ކުރިއަށް އޮތްތަނުގައި ޔާމީނާއި، ރައީސް މުއިއްޒުގެ މައްސަލައެއް އޮތްނަމަ ހައްލުވެ އެކުގައި މަސައްކަތް ކުރެއްވުން ކަމަށް މުއާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް