Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮޓްސްވާނާ އިންޓަރނޭޝަނަލް

ބޮޓްސްވާނާ އިންޓަރނޭޝަނަލް: ޑަބަލްސްގައި ރާއްޖޭގެ ކުޅުންތެރިން ކްއާޓާގައި

ކްއާޓާ ފައިނަލް މެޗުތައް ހޮނިހިރު ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 ނޮވެމްބަރު 2023 | ހޮނިހިރު 01:10
ނަބާއާއި ނަބީ އޭޝިޔަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅެނީ: ފޮޓޯ-އެމްއޯސީ

ނަބާއާއި ނަބީ އޭޝިޔަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅެނީ: ފޮޓޯ-އެމްއޯސީ

މިހާރު ކުރިއަށްދާ ބޮޓްސްވާނާ އިންޓަރނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގެ މިކްސްޑަބަލްސް ކްއާޓާ ފައިނަލުން ރާއްޖޭގެ ދެ ޕެއަރ ޖާގަ ހޯދައިފިއެވެ.

ކްއާޓާ ފައިނަލުން ޖާގަހޯދީ ރާއްޖޭގެ ޒަޔާން ޒަކީއާއި ފާތިމަތު ނަބާހާ (ނަބާ) ގެ ޕެއަރ އާއި ނިބާލް އަހުމަދާއި އައިމިނަތު ނަބީހާ (ނަބީ) ގެ ޕެއަރ އެވެ. ޒަޔާންއާއި ނަބާ ކްއާޓާ ފައިނަލަށް ދަތުރުކުރީ ބޮޓްސްވާނާގެ ބަޓްޝޯ ގަކީޝީއާއި ވިލީގެ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-10, 21-09 ނެވެ. ކްއާޓާ ފައިނަލްގައި ޒަޔާންއާއި ނަބާ ވާދަކުރާނީ މޮރިޝަސްގެ މެލްވިން އާއި ވިލީނާގެ ޕެއަރއާއެވެ. ނިބާލްއާއި ނަބީގެ ޕެއަރ ކްއާޓާ ފައިނަލްގައި ވާދަކުރާނީ މޮރިޝަސްގެ ހޫލިއެން ޕައުލް އާއި ކޭޓް ލުޑިކްގެ ޕެއަރއާއެވެ. މިއީ އެންމެފަހުން އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ކުޅުންތެރިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސްގެ ކްއާޓާ ފައިނަލްގައި ރައްޖޭގެ ނަބީއާއި ނަބާވެސް ވާދަކުރާނެއެވެ. އެދެކުޅުންތެރިން ވާދަކުރާނީ ބޮޓްސްވާނާގެ ޕެއަރ އަކާއެވެ. އަދި ފިރިހެން ޑަބަލްސް ކްއާޓާ ފައިނަލްގައި ޒަޔާންއާއި ނަޝްފާން މުޙައްމަދުގެ ޕެއަރ އާއި އަޖުފާންއާއި ނިބާލްގެ ޕެއަރ ވެސް ވާދަކުރާނެއެވެ. ސިންގަލްސް ކްއާޓާ ފައިނަލުން ޖާގަ ހޯދި ރާއްޖޭގެ ހަމައެކަނި ކުޅުންތެރި އަކީ ފާތިމަތު ނަބާހާ އަބުދުއްރައްޒާގެވެ. ކްއާޓާގައި ނަބާ ވާދަކުރާނީ ޔޫއޭއީގެ މަދުމިތާ ސުންދަރާޕާންޑިއަން އާއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު