Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒެމްބިއާ އިންޓަނޭޝަނަލް 2024

ޒެމްބިއާ ބެޑްމިންޓަން މުބާރާތުން ނަބީ އާއި ނަބާ އަށް ރަން މެޑަލް

ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފަރާތުން އެ މުބާރާތުގައި ވާދަކޮށް، ނަބީ އާއި ނަބާ ރަން މެޑަލް ހޯދާފައި ވަނީ އަންހެން ޑަބަލްސް އިވެންޓުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2024 | ހޯމަ 04:41
ޒެމްބިއާ މުބާރާތުން ރަން މެޑަލް ހޯދި ނަބީ އަަދި ނަބާ

ޒެމްބިއާ މުބާރާތުން ރަން މެޑަލް ހޯދި ނަބީ އަަދި ނަބާ

ޒެމްބިއާގައި ކުރިއަށް ދިޔަ، ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އާމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) ރަން މެޑަލް ހޯދައިފި އެވެ.

ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފަރާތުން އެ މުބާރާތުގައި ވާދަކޮށް، ނަބީ އާއި ނަބާ ރަން މެޑަލް ހޯދާފައި ވަނީ އަންހެން ޑަބަލްސް އިވެންޓުންނެވެ. އެއީ އެ އިވެންޓުގެ ފައިނަލްގައި ސްރީ ލަންކާގެ ހަސާރާ އަދި ހަސީނީގެ ޕެއާއާ ވާދަކޮށެވެ. ނަބީ އާއި ނަބާގެ ޕެއާ އިން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-16 އަދި ދެ ވަނަ ސެޓު 21-19 އިންނެވެ.

ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ މިދިޔަ އަހަރު ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ޒެމްބިއާ މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ނަބާ ލޯ މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ނަބާ އަދި ޒަޔާން ޒަކީގެ ޕެއާ އިން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މި ދެ އިވެންޓުގައި ވެސް ރިވައިވަލްގެ ކުޅުންތެރިން ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ.

ނަބީހާ އަބްދުއްރައްޒާގުފާތިމަތު ނަބާހާ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2024

މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް

25 ނޮވެމްބަރު 2024
މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް
25 ނޮވެމްބަރު 2024

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް

25 ނޮވެމްބަރު 2024
ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް
22 ޖުލައި 2021

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

22 ޖުލައި 2021
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު