Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާގެ ހާލަތު

ޣައްޒާގެ މައިންގެ ދުޢާއަށް، މުޅި ދުނިޔެ މިއަދު ލަދުގަންނަންޖެހޭ!

ޞިއްޙީ ފަރުވާއާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތަކާއި، ފައިދާ ހުރި ކާބޯތަކެތިވެސް ލިބޭކަށް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2023 | ހުކުރު 15:16
އިސްރާއިލުގެ ހަމަލާގައި ގެދޮރު ގެއްލުނު ކުއްޖަކު ކާއެތިކޮޅެއް ހޯދަން ތެއްޔެއް ހިފައިގެން

އިސްރާއިލުގެ ހަމަލާގައި ގެދޮރު ގެއްލުނު ކުއްޖަކު ކާއެތިކޮޅެއް ހޯދަން ތެއްޔެއް ހިފައިގެން

ކުޑަ ކުދިންނަކީ އެންމެންގެ ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން ބޭނުންވާ މަޢުސޫމު ބައެކެވެ. އަނެކާގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަން ޙައްޤުވާ ބައެކެވެ. ދުނިޔަވީ ހާސްކަމާއި ނުތަނަވަސްކަމުގެ އޮއެވަރުގައި ނުޖެހި، ހަމަޖެހިލައިގެން ދުވަސްތައް ގުނާ، ނަފުސު ބިނާ ކުރުމުގައި އުޅެ، ބޮޑުވުމުގެ ޙައްޤު ލިބިފައި ވާ ބައެކެވެ. ނަމަވެސް، އަދުގެ ދުނިޔޭގައި ކަން ވަމުން ދަނީ އެފަދައަކުން ނޫނެވެ. ހޭޖެހޭ ޢުމުރުގައި ތިބި ބައެއްގެ ޢަމަލުތަކުގެ ޝިކާރައަކަށް ވެދަނީ މި ދެންނެވި ކުދިންނެވެ. ކުރިމަތިލުންތަކާއި، ހަމަނުޖެހުންތަކާއި، ޢުދުވާންތަކުގައި، ޖިސްމާނީ އަދި ނަފުސާނީ ގޮތުންވެސް ކުޑަ ކުދިންނަށް އުފުލަން ޖެހޭ ވޭނާއި ކެކުޅުން ބޮޑެވެ. ވަކި ތަނަކަށް އުފަންވީތީ، ވަކި ޙައްޤަކުން މަޙްރޫމު ކުރެވިގެން ނުވާނެއެވެ. ފަލަސްޠީނުގެ ޣައްޒާގެ ވާހަކަ މުޅިން ތަފާތެވެ.

ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް)ގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތުރީން ރަސަލް ވިދާޅުވި ގޮތުގައި، ކުޑަކުއްޖަކަށް މިއަދު މި ބިންމަތީގައި އޮތް އެންމެ ނުރައްކާ ތަނަކީ ޣައްޒާއެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގައި ހިންގަން ފެށި ޖަރީމާތައް، ޤަތުލުޢާންމަކަށް ބަދަލުވެފައި ވާ އިރު، އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ކެތުރީން ވަނީ، އެ ޢުދުވާންތަކުގައި ފުރާނަ ގެއްލިދިޔަ ކުދިންގެ ޢަދަދު 5300 އަށް ވުރެ މައްޗަށް އަރާފައި ވާ ކަން ފާހަގަ ކުރައްވާފައެވެ.

ކެތުރީން ވަނީ ހުސްވި ހަފުތާގެ ތެރޭގައި ޣައްޒާއަށް ޒިޔާރަތް ކުރައްވާ، އެ ސިޓީގެ އަންހެނުންނާއި ކުޑަކުދިން އުޅެމުންދާ ޙާލު ބައްލަވާލައްވާފައެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔަހޫދީންގެ ޙަމަލާތައް ޣައްޒާއަށް އަމާޒުކޮށް، މުޅި ރަށް ހަފުސްކޮށްފައި ވާ އިރު، އެކަމުގެ އެންމެ ބޮޑު އަގެއް އަދާ ކުރަމުން ދަނީ ކުޑަކުދިން ކަމީ، ޤަބޫލު ކުރަން ޖެހިފައި އޮތް ހިތްދަތި ޙަޤީޤަތެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓުން ކަމުގައި އިޒްރޭލުން ސިފަކުރާ އިރު، ޙަމާސް ޖަމާޢަތުގެ ވަސް މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ ޣައްޒާއަށް ޙަމަލާ ދެމުން ދަނީ އެޔެއް މިޔެއް ބެލުމެއް ނެތިއެވެ.

15 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ އެންމެ ބާރުގަދަ މަޖިލިސް ކަމަށް ވާ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން، އަންހެނުންނާ ބެހޭ އދގެ އިދާރާގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީމާ ބަޙޫސް ދެކެވި ވާހަކަތަކަކީ، ހިތެއް އޮތް މީހަކަށް ވިއްޔާ، އަޑު އަހަން މާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

ޣައްޒާގެ މައިން މިއަދު ދުޢާ ކުރަނީ ހަމަޖެހުމާއި ސުލްޙައަށް ކަމަށާ، އެ ސުލްޙަ ލިބެން ނެތް ނަމަ އެމީހުންގެ ދުޢާއަކަށް ވަނީ އަތްމަތީގައި ދަރިން ބާއްވާލައިގެން ނިދީގައި ތިއްބާ އަވަސް މަރަކުން އެންމެ އެކީގައި މަރުވެ ދިއުމަށް އެދި ކުރާ ދުޢާއެއް ކަމަށް ސީމާ ފާހަގަ ކުރެއްވިއެވެ. މިއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް، މަޔަކު އެ ދުޢާއެއް ކުރާނަމަ، ބައިނަލްއަޤުވާމީ މުޖުތަމަޢު ލަދުގަންނަންޖެހޭ ވަރުގެ ދުޢާއެއް ކަންވެސް ސީމާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެވަރުންވެސް އިޒްރޭލަށް ކުރި އެއްވެސް އަސަރެއް ނެތެވެ. ކުޅެނީ މުޅިންވެސް ދިފާޢަށެވެ. އަނިޔާ ލިބޭ ބަޔަކީ އިޒްރޭލު ކަމަށް ދައްކައިގެންނެވެ. އިޒްރޭލުގެ ނަމުގައި އދގައި ވަކާލާތު ކުރާ ގިލާޑު އަރޑަންގެ ވާހަކަތަކުން ކިތަންމެ ރަނގަޅަކަށްވެސް އެކަން ސާފުވެއެވެ.

ހޮސްޕިޓަލު ފަދަ ތަންތަން ނިވާފަތްގަނޑަކަށް ހަދާ، ޢާންމު ރައްޔިތުން އިންސާނީ އައްޑަނަތަކަކަށް ހަދައިގެން ޙަމާސް އިން ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކަމަށް ޔަހޫދީން އަމާޒު ކުރާ އިލްޒާމުތަކަށް ޙަމާސް އިން ދެކޮޅު ހަދައެވެ. 

އިޒްރޭލުގެ ޢުދުވާންތައް، ހޮސްޕިޓަލުތަކަށް ޢަމާޒު ކުރާ އިރު، އެތަންތަނަކީ ކޮންމެ ދުވަހަކުވެސް އެތައް ކުދިންނެއް އުފަންވާ ތަންތަނެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ޣައްޒާއިން 5500 މީހަކު ވިހާނެ ކަމަށް އާބާދީއާ ބެހޭ އދގެ އިދާރާއިން އަންދާޒާ ކުރެއެވެ. ނުރައްކާތެރި ބޮންތަކާއި އެނޫންވެސް ބަރުހަތިޔާރުތައް ބޭނުންކޮށްގެން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 180އެއްހާ މީހުން ޣައްޒާގައި ވިހައެވެ. ވިހާ މީހުންނާއި، އެ މީހުންގެ ބަނޑުން  އުފަންވި ދަރިންނަށްވެސް ސަލާމަތްތެރިކަމެއް އެ ވެށީގައި ނެތެވެ. ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ފެށިފަހުން ފާއިތުވީ 47 ދުވަހުގެ ތެރޭގައި، ޣައްޒާ ސިޓިގައި 7000 އެއްހާ މީހުން ވިހާފައި ވާ އިރު، އެމީހުންނާއި އެމީހުންގެ ދަރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތަކާއި، ފައިދާ ހުރި ކާބޯތަކެތިވެސް ލިބޭކަށް ނެތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު