Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި، 7 މީހުން ޝަހީދު ވެއްޖެ

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ ހޮސްޕިޓަލަށް ހަމަލާދީ 7 މީހުން ޝަހީދުކޮށްލި އިރު ހައިހޫނު ކަމުގައި ނިޔާވި މީހުންގެ އަދަދު 251 ށް ވަނީ އަރާފައި. ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުން ދާއިރު، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 61,827 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ.

އިސްރާއީލުގެ ސިފައިން ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި މަދުވެގެން 7 މީހުން މަރުވެއްޖެ

ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 04:46
ޣައްޒާ ސިޓީގެ ޣައްޒާގައި އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދުވި އުމުރުން އެންމެ ފަސް މަހުގެ ކުއްޖެއްގެ ޖަނާޒާގައި ކުއްޖާގެ ކާފަ ހިތާމައިގައި

ޣައްޒާ ސިޓީގެ ޣައްޒާގައި އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދުވި އުމުރުން އެންމެ ފަސް މަހުގެ ކުއްޖެއްގެ ޖަނާޒާގައި ކުއްޖާގެ ކާފަ ހިތާމައިގައި

އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި މަދުވެގެން 7 މީހުން ޝަހީދުވެއްޖެ އެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ދެކުނުގެ ސަރަހައްދުތަކަށް މަޖުބޫރުން ބަދަލުކުރުމުގެ މަސައްކަތް ހަލުވި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 11 މީހުން ކާބޯތަކެތި ނުލިބިގެން މަރުވެފައިވެއެވެ. މިހާތަނަށް ބަނޑަހައިހޫނުކަމުގައި މަރުވެފައިވާ މީހުންގެ އަދަދު 251 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 108 ކުޑަކުދިން ހިމެނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ވެރިރަށް ތެލްއަވީވް ގައި އެތައް ހާސް ބަޔަކު އެއްވެ، ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ގައިދީން މިނިވަން ކުރުމަށް ގޮވާލައިފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި ހޮނިހިރު ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 39 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުން ދާތީ، އެ ސަރަހައްދު ގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި ގޮތުގައި ޒައިތޫން ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެފައިވެއެވެ. އެ ސަރަހައްދުގައި އަންދާޒާ ކުރެވޭ ގޮތުގައި 50,000 މީހުން ދިރިއުޅެމުންދާއިރު، ގިނަ މީހުންނަށް ކާނާ އާއި ބޯފެން ލިބެމުން ނުދެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 61,827 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 155,275 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު