Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ

މި ސަރުކާރުން މިހާރު އެ އަޅަނީ ވައްކަމުގެ ނެޓްވޯރކް، ދެން ރައްޔިތުންނަށް ވަގުން ފެންނާނެ - މޫކޭ

އެމްޑީޕީ އަކީ ޖަވާބުދާރީކުރުވަން ފަރިތަ ޕާޓީއެއް ކަަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2023 | ހުކުރު 08:23
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ)

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ)

މި ސަރުކާރުން މިހާރު އަޅަމުންދަނީ ވައްކަމުގެ ނެޓްވޯރކް ކަމަށް ނިމިދިޔަ ސަރުކާރުގެ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މި ފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ ސަރުކާރަށް ނުރަނގަޅު އެތައް ތުހުމަތުތަކެއް ކުރިކަން ފާހަގަކުރައްވާ މޫސާ އަލީ މަނިކު ވިދާޅުވީ ރީތިކޮށް، ފަސްބައި ސާފުކޮށް ތިބި އެތައް ބަޔަކު ވަގުންނަށް ހަދައިގެން ދޮގު ވާހަކަތައް އޭރު ދައްކަމުން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވަނީ މިއަދުގެ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން އިސްވެ ކުރީ ސަރުކާރުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ މައްސަލަ ބެލިއަަސް އެނގިގެންދާނީ އެ ވެރިކަމަށް ވުރެ ފަސްބައި ސާފު ވެރިކަމެއް ކުރި ބަޔަކު ނެތްކަން ކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުގެ ޢަމަލުތަކުން ފެންނަނީ ވައުދުތައް ނުފުއްދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ވީ ވައުދު ނުފުއްދުނު ކަމަށާއި އެއީ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށް ވިދާޅުވި ކަމެއް ކަަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ. އަދި ޔާމީންގެ އަތްޕުޅުން ޕީޕިއެމް ވެސް ފޭރިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ވައުދުތަކަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން 100 ދުވަހުގެ ވައުދުގެ ތެރޭގައި ހުރީ ހުސް ލިޔެކިޔުމާއި ގުޅޭ މަސައްކަތްތައްކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައުދުތައް ފުއްދުމަށް ދީފައިވަނީ އެކަށީގެން ނުވާވަރުގެ ދިގު މުއްދަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް އަނިޔާވެރިކަމާއި ބިރުވެރިކަން ދެއްކުމުން އެމްޑީޕީން ފަހަތަށް ޖެހިފައި ނުވާކަމަށެވެ. އަދި އެމްޑީޕީ އަކީ ޖަވާބުދާރީކުރުވަން ފަރިތަ ޕާޓީއެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު