Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓުގެ ފަނޑިޔާރުން

"ޤާނޫނަށް އިސްލާހު ގެނެސްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދެއް ނުކުރެވޭނެ، ޤާނޫނު އަސާސީން އެ ޖާގައެއް ނުދޭ"

25 ފެބުރުއަރީ 2025 | އަންގާރަ 10:54

ސުޕްރީމް ކޯޓުގެ އަދަދު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުސޫލާއި ޚިލާފަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ފެބުރުއަރީ 2025 | އަންގާރަ 10:54
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަކުން، އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ ޤާނޫނީ ހަމައެއް ނެތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ ބުދަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުޕްރީމްކޯޓުގެ މެމްބަރަކު ވަކި ކުރެވޭނީ ސުލޫކީ މައްސަލައަކާއި ގުޅިގެން ވަކި އުސޫލްތަކެއްގެ ތެރެއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ސުޕްރީމްކޯޓުގެ އަދަދަށް ބަދަލު ގެނައުމުގެ ފުރުސަތު ޤާނޫނުން ލިބިދީފައި ނެތް ނަމަވެސް މީގެ ކުރިން ވެސް ޕީޕީއެމްގެ ސަރުކާރުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ކުޑަކުރިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. ނަމަވެސް އެމްޑީޕީން ވާނީ އެކަން ފަހުން ކުރިން އޮތް ގޮތަށް 7 ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފައި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަމުން ދަނީ ސަރުކާރުން ބޭނުންވާ ކަންކަމަށް އެއްބަސް ނުވާ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ކަމަށެވެ. އެއީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަސީގެ އުސޫލާއި މުޅިން ޚިލާފު ކަމެއް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިނިވަން މުއައްސަސާތަކާއި އިދާރާތަކަށް އަތްބާނާ ނުފޫޒު ފޯރުވަމުން ގޮސް އެންމެ ފަހުން ސުޕްރީމް ކޯޓަށް ވެސް ސަރުކާރުގެ ނުފޫޒު ފޯރާ މަންޒަފު މިއަދު ފެނިގެންދާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މިއަދު އެބަ ބައްދަލުކުރައްވާ. މިރޭ ދަންވަރުގެ ވަގުތެއްގާ ވެސް އެ ބޭފުޅުންނާއި އެއްބަސް ނުވާ ފަރާތްތައް ވަކިވެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ. އަޅުގަނޑުމެން މި ހޯދާފަ އޮތް ޑިމޮކްރަސީގެ މަހްފޫމަކީ ތިން ބާރު ވަކިކުރުން. އެންމެ ފަހަށް އޮތް ސުޕްރީމް ކޯޓުގެ ބާރުވެސް ކަނޑުވާލަނީ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

މިހާރު ސުޕްރީމްކޯޓުގެ ބެންޗާއި ކުޅެމުން ދަނީ މަޖިލީހުގެ ތަޅު އަޅުވާފަ އޮތް އޮތުން ބަދަލުވެދާނެތީ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިއީ ފަނޑިޔާރުންނަށް ދޭ މެސެޖެއް ކަމަށް ފައްޔާޒް ވިދާޅުވިއެއެވެ. ފައްޔާޒް ވަނީ އަންހެން ފަނޑިޔާރުން ވަކިކުރުމުގެ ވާހަކަ ކުއްލިއަކަށް ފެންމަތިވެފައިވާ ކަމަށާ އެއީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒް ވަނީ ސުޕްރީމް ކޯޓުގެ އަދަދު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުސޫލާއި ޚިލާފަށްކަން ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޤާނޫނުތަކާއި ޤާނޫނު އަސާސީ އެކުލަވާލާފައި ވަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައި ނުގަނެވޭނެ ގޮތަށް ބާރު ލިބޭ ގޮތަށް ކަމަށް ވީ ނަމަވެސް މިހާރު ސަރުކާރުން އަމަލުކުރަމުން ދަނީ އެއާއި މުޅިން ޚިލާފަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް