Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމާނަތްތެރިކަމާއި މަސްއޫލިއްޔަތު

އަމާނާތްތެރިކަން ގެއްލިއްޖެނަމަ ހަޔާތުގެ ނިޒާމު ފުނޑުފުނޑުވެ ހައްގުތައް ގެއްލޭނެ: ޚުތުބާ

މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށް މަސްއޫލުވެރިއަކު ހުންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2023 | ހުކުރު 08:51
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

އަމާނާތްތެރިކަން ގެއްލިއްޖެނަމަ ހަޔާތުގެ ނިޒާމު ފުނޑުފުނޑުވެ ހައްގުތައް ގެއްލޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އަމާނަތްތެރިކަމާއި މަސްއޫލިއްޔަތު'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށް މަސްއޫލުވެރިއަކު ހުންނަން ޖެހޭ ކަމަށާއި، އެއީ އެމީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

Advertisement - newsAdvertisement

ކޮންމެ މީހަކު އެމީހެއްގެ ހަވާނަފްސާ އެއްގޮތަށް ކަންތައް ކުރަން ފަށައިފިނަމަ ކަންތައްތައް ބޮއްސުންލައިފާނެ ކަމަށާއި، މަސްއޫލުވެރިއަކަށް ބޭނުންވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް މި މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުން ކުރުމަކީ އަމާނާތަށް ހިޔާނާތްތެރިވުން ކަމަށެވެ.

ޚުތުބާގައި ބުނީ އަމާނާތްތެރިކަން ގެއްލިއްޖެނަމަ ހަޔާތުގެ ނިޒާމު ފުނޑުފުނޑުވެ ހައްގުތައް ގެއްލި ހިނގައިދާނެ ކަމަށާއި، ފަސާދަ އާއްމުވެ ހިޔާނާތް ފެތުރިދާނެ ކަމަށެވެ. އެހެންކަމުން މަސްއޫލިއްޔަތާއި ޒިންމާ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. ޚުތުބާގައި ބުނީ މަސްއޫލިއްޔަތަކީ ލުއިފަސޭހަ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އަމުރުކުރުމާއި މަނާ ކުރުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެއީ ބައެއް މައްޗަށް އަތްގަދަަ ކުރުން ނޫން ކަމަށާއި، އެއީ ބޮޑެތި ޒިންމާތަކެއް ކަމަށެވެ. އަދި ނާޖާއިޒު ގޮތުގައި މިކަން ކޮށްފިނަމަ ގިޔާމަތް ދުވަހުން އޭ ސަހަރޯއޭ ބުނަންޖެހޭނެ ކަމަށާއި، މާތް ﷲ އަންގަވާފައިވާ ގޮތަށް މަސްއޫލިއްޔަތު އަދާކުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކޮންމެ އިންސާނަކު ވެސް ބުއްދި ފުރިހަމަވެ ވަކި އުމުރަކަށް ދިޔުމުން އޭނާ އަކީ މުކައްލަފެއް ކަމަށެވެ. އެ ހިސާބުން އޭނާގެ އަމަލުތަކާމެދު ޒިންމާވާން ޖެހޭ ކަމަށާއި، އޭނާގެ ދީނަށާއި، އަގީދާއަށް ރައްކާތެރިވާން ޖެހޭ ކަމަށެވެ. އޭނާ މީހަކާ އިންނަ ހިސާބުން އަނބިމީހާގެ ހައްގުތައް އަދާކުރާން ޖެހޭ ކަމަށާއި، އަނބިމީހާ ކިބައިން ދަރިން ލިބޭ ހިސާބުން އޭނާގެ މަސްއޫލިއްޔަތު ބޮޑުވެ ފުޅާވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ އަނބިމީހާ ބެލެހެއްޓުމާއި ދަރީން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތެވެ. އަދި ވަޒީފާއެއްގައި އުޅޭނަމަ އެއީ ވެސް އޭނާގެ މަސްއޫލިއްޔަތު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމު އޮޅިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެމީހުން ދެކޭގޮތުގައި އެއީ ފަހުރުވެރި ކަމާއި ޝަރަފުވެރިކަމެއް ކަމަށެވެ. އަދި އެއީ ތިމާގެ ބާރާއި މުއްސަންދިކަން ދެއްކުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. އަދި މި ނުބައި މަފްހޫމުގެ ސަބަބުން މަސްއޫލިއްޔަތު ވަނީ ވާދަވެރިކަމުގެ ތެރެއަށް ވަދެފައި ކަމަށެވެ. އަދި މިހެން ވަނީ އަމިއްލަ އެދުން ބޮޑުވުމާއި އަގީދާ ބަލި ކަށިވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަސްއޫލިއްޔަތު އަދާކުރާ މީހާ ވާންވާނީ އޭނާ ހަވާލުވާ މަސައްކަތް ދަންނަ އަމާނާތްތެރިއަކަށް ކަމަށާއި، މަސްއޫލިއްޔަތުތަކާ ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހަައްޓާ، އެމީހުންގެ މުހުތާދުތައް ފުއްދައިދޭން ޖެހޭ ކަމަށެވެ. މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެ ކަމަށާއި، އެމީހުންގެ ދުޢާ އިޖާބަ ކުރައްވައި ގިޔާމަތް ދުވަހުން ﷲގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި އެމީހުން ވާނެ ކަމަށް ވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ނިޒާމު ގެއްލި، އިހްތިޖާޖު ކުރަމުން ދަނިކޮށް ޖަލްސާ ބާއްވައިފި

މަޖިލީހުގެ ނިޒާމު ގެއްލި، އިހްތިޖާޖު ކުރަމުން ދަނިކޮށް ޖަލްސާ ބާއްވައިފި

10 އޮކްޓޯބަރު 2017
ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު

ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު

05 އޮކްޓޯބަރު 2017
މުޅި ނިޒާމުގެ ދިފާއުގައި ގިނަބަޔަކު ތެދުވަން ޖެހޭ:ޑރ ޖަމީލް

މުޅި ނިޒާމުގެ ދިފާއުގައި ގިނަބަޔަކު ތެދުވަން ޖެހޭ:ޑރ ޖަމީލް

19 ސެޕްޓެމްބަރު 2017
ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް

ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް

28 ޖުލައި 2017
ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ  ގާނޫނު އަސާސީ ދުށް ކަމެއް ނޫން: މާރިޔާ

ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ގާނޫނު އަސާސީ ދުށް ކަމެއް ނޫން: މާރިޔާ

23 ޖުލައި 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު