Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު މަރުކަޒުކުރާ މައްސަލަ

އެމްޑީޕީއަކީ މަގުމައްޗަށް ގަދަ ޕާޓީއެއް، ފައްކާކުރި ލާމަރުކަޒީ ނިޒާމު މަރުކަޒުކުރުމަށް ޖާގަ ނުދޭނަން: މެންބަރު އަލީ ނިޔާޒު

24 ނޮވެމްބަރު 2023 | ހުކުރު 07:59

އެ މިނިސްޓްރީން ކައުންސިލްތަކަށް އެއްވެސް ފައިދާއެއް ނުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ނޮވެމްބަރު 2023 | ހުކުރު 07:59
ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަފުޅު ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަފުޅު ދައްކަވަނީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ މަގުމައްޗަށް ގަދަ ޕާޓީއެއް ކަމަށާއި، ފައްކާކުރި ލާމަރުކަޒީ ނިޒާމު މަރުކަޒުކުރުމަށް ޖާގަ ނުދޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އއ.އުކުޅަހުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރު ނިޔާޒު ވިދާޅުވީ އެމްޑީޕީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށާއި، އެގޮތަށް މަސައްކަތް ކުރަންޖެހޭ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އައު ސަރުކާރުގައި ކަންކަންވަމުންދާ ގޮތުން އަނިޔާވެރިކަން ފެންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވާނެ ގޮތް ހިޔާލަށް މިހާރު ވެސް ގެނެވޭ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ. އެމްޑީޕީއަކީ މަގުމައްޗަށް ގަދަ ޕާޓީއެއްކަން ފާހަގަކުރައްވައި މެންބަރު ނިޔާޒު ވިދާޅުވީ އެ ހާލަތުގައި މަސައްކަތް ކުރަންޖެހޭ ގޮތަކަށް ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ނިޒާމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ނިޒާމު ފައްކާކުރީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރާނެ ކަމަށް ބުނެ އައު މިނިސްޓްރީއެއް އުފައްދާފައިވާ ކަމަށާއި، އެއީ މަރުކަޒު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތް ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މިނިސްޓްރީން ކައުންސިލްތަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.

މެންބަރު ނިޔާޒު ވިދާޅުވީ މިނިސްޓްރީތައް އުފެދިފައިވާ ގޮތާއި މިނިސްޓްރީގެ މެންޑޭޓް ވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ހުރިތޯ ރައްޔިތުން މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި ކައުންސިލްތަކަށް ޚާއްސަކޮށްގެން ވަކި މިނިސްޓްރީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުން ކަމަށް މި ސަރުކާރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށާއި، ބަޖެޓް ދިރާސާ ކުރިއިރު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ. އަދި ފެނިގެން މިދަނީ މިނިސްޓްރީއެއް އުފައްދައި އިތުރު ހަރަދެއް ކުރާ މަންޒަރު ކަމަށެވެ.

މެންބަރު ނިޔާޒު ވިދާޅުވީ ކައުންސިލްތަކުން ކުރަންޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ މާލީ ގޮތުން ކައުންސިލްތައް ފުދުންތެރިކަން އިތުރު ކުރުން ކަމަށާއި އެ މަސައްކަތް ކުރުމަށް ވަކި މިނިސްޓްރީއެއް އުފައްދައިގެން އެކަން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިކަމަށް ފާރަވެރިވާން ޖެހޭ ކަމަށާއި، ޕާޓީގެ ކޮމިޓީން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވެސް މިކަން ވަރަށް ގާތުން ބަލަންޖެހޭ ކަމަަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށް ބުނެ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދާފައެވެ. އަދި މިނިސްޓަރު ކަމުގެ މަގާމަށް އާދަމް ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް