Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހު ޕީޕީއެމުން ވަކިކުރުން

ޕީޕީއެމުން ވަކިކުރުމުން މަލީހުގެ ހޫނު ބަހުގެ ހަމަލާތަކެއް އަބްދުއްރަހީމަށް

23 ނޮވެމްބަރު 2023 | ބުރާސްފަތި 17:08

ޕީޕީއެމްގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުން ދާކަމަށާއި، އެކަން ކުރަނީ ވަކި ބަޔަކު ބޭނުންވާ މަންފާތަކެއް ހޯދުމަށް ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ނޮވެމްބަރު 2023 | ބުރާސްފަތި 17:08
މިނިސްޓަރު މަލީހު

މިނިސްޓަރު މަލީހު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން އެ ޕާޓީގެ ސެނެޓުގެ މެމްބަރު މުހައްމަދު މަލީހު ޖަމާލު ވަކިކޮށްފިއެވެ.

ބުރާސްފަތި ދުވަހު އޭނާ ވަކިކޮށްފައި ވަނީ، ޕާޓީއަށް ނާންގަވައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި ވާތީކަމަށް އެ ޕާޓީން ވަނީ ބުނެފައެެވެ. މަލީހުގެ މައްސަލަ ބެލުމަށް ބުރާސްފަތި ދުވަހު ޕީޕީއެމުން ބޭއްވި ކޮމިޓީއަށް އޭނާ ހާޒިރުވެވަޑައެއް ނުގަންނަވައެވެ. މަލީހު ވަކިކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

ޕީޕީއެމްގެ އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން، ސްޓިއަރިން ކޮމިޓީއެއް އެކުލަވާލިކަން އިއުލާނު ކުރުމަށެވެ. އެ ބައްދަލުވުން ބާއްވަވާފައިވަނީ މަލީހުގެ އިތުރުން އައްބާސް އާދިލް ރިޒާއެވެ.

ރާއްޖެ އެމްވީއާ ވާހަކަފުޅުދައްކަވަމުން މަލީހު ވިދާޅުވީ، ސުލޫކީ ކޮމިޓީއަށް އޭނާ ހާޒިރުވެވަޑައިގަތުމަށް އެންގީވެސް ގަވާއިދާއި ޚިލާފަށް ކަަމަށެވެ. އޭނާ ވަނީ މި ސަރުކާރުގެ ވަޒީރު އަދި ޕީއެންސީގެ ޗެއަރމަން އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "ކަނަކު އަތްދަށު ވިޔަސް ބާ ޓިނުގަނޑެއްގެ އަތްދަށު ނުވާށޭ" ވިދާޅުވެ އޭނާ ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ޕީޕީއެމްގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުން ދާކަމަށާއި އެކަން ކުރަނީ ވަކި ބަޔަކު ބޭނުންވާ ނާޖާއިޒު މަންފާތަކެއް ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް