Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

ދިރިއުޅުމަކީ "ކަރްމާ" އެއް ކަން ހަނދުމަފުޅު ނެތުނީ ދެއްތޯއެވެ!

ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލެއްވީ ވަރަށް ހުތުރުކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 16:09
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވީ އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުންގެ ޙައްޤުގައެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުމާއި، ދެބަސްވުންތަކުގެ ތެރެއިން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެހެން ޕާޓީއެއް އުފައްދަވާށެވެ. ޕީޕީއެމް ވުޖޫދުކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ރާއްޖޭގެ ވެރިކަމާ ހަމައަށް ވާސިލްވީވެސް، ރައީސް މައުމޫނުގެ މަދަދާއެކުއެވެ. 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަޑައިގެންނެވިއިރު، އެއީ ރައްޔިތުންގެ މެދުގައި މާ މަޤުބޫލު ބޭފުޅެއް ނޫނެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް، ދެވަނަ ބުރުގައި ރައީސް ޔާމީނަށް ކުރި ހޯދުނީވެސް، ރައީސް މައުމޫނު ކުރެއްވި މަސައްކަތްޕުޅުންނެވެ. ޕީޕީއެމްގެ ފަހަތަށް އެހެން ޕާޓީތައް އެރީ، ރައީސް މައުމޫނާ ކުރެއްވި މަޝްވަރާތަކުންނެވެ.

ވެރިކަަމަށް އައުމަށްފަހު، މަޑުމަޑުން ރައީސް ޔާމީން ގެންދެވީ ޕީޕީއެމަށް އަތްގަދަ ކުރައްވަމުންނެވެ. ވެރިކަން މެދާހަމައަށް ދިޔައިރު، އިސާހިތަކު ޕީޕީއެމްގައި އޮތީ ޔާމީންގެ ބާރުވެރިކަމެވެ. ސަރުކާރުގެ ހުރިހާ ބާރުތަކެއް ނަންގަވައިގެން، ޔާމީން ގެންދެވީ މަޑުމަޑުން ރައީސް މައުމޫން ބާކީކުރައްވަމުންނެވެ. އެންމެ ފަހުން، ހުޅުގަނޑު ފަޅައިގެންގޮސް، މައުމޫންގެ ފެކްޝަނަކާއި، ޔާމީންގެ ފެކްޝަނެއް އުފެދުނެވެ. ޕާޓީތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދި، ބަސްކިޔޭ އެންމެން ޔާމީންގެ ފަހަތަށް އަރާވަޑައިގަތީ، ވެރިކަން ޔާމީންގެ އަތްޕުޅުގައި އޮތުމުންނެވެ. އެ މައްސަލަ އެންމެ ފަހުން ޝަރީޢަތާ ހަމައަށްވެސް ގެންދިޔައެވެ. ޝަރުޢީ ނިޒާމަަށް ޔާމީން ފޯރުއްވާ ނުފޫޒާއި ބާރާއެކު، ޝަރީޢަތުން ނިންމެވީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ޔާމީނާ ޙަވާލުކުރެއްވުމަށެވެ.

އެންމެ ފަހުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު، އެހެން ދިމާލަކަށް މިސްރާބު ޖެއްސެވުމަށެވެ. ރައީސް މައުމޫނުގެ މިންނެތް މަސައްކަތްޕުޅާއެކު ގެނައި ވެރިކަމަށް، އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަންވެސް އިއުލާން ކުރެއްވިއެވެ. އެއަށްފަހު، ރައީސް މައުމޫނާއި، އެމަނިކުފާނުގެ ސަޕޯޓަރުން މަސައްކަތްކުރައްވަމުން ގެންދެވީ މުޅިން އެހެން މިސްރާބެއްގައެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން ރައީސް މައުމޫން ވަނީ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އައު ސިޔާސީ ޙަރަކާތެއް ފައްޓަވާފައެވެ. މިދަތުރު ރައީސް މައުމޫން ކުރައްވަން ޖެހިވަޑައިގަތީ، އެމަނިކުފާނުގެ އަތްޕުޅުން ޕީޕީއެމް އަތުލައްވައި ޔާމީން ކޮށްޓެވި މަގެއްގެ ސަބަބުންނެވެ.

އޭގެ އަހަރުތަކެއް ފަހުން، މިއަދު ކުރީގެ ރައީސް ޔާމީންވެސް މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ، މީގެ ކުރިން ޔާމީން ކޮށްޓެވި މަގުންނެވެ. މިއަދު، ޔާމީނަށް އޮތް އެންމެ ބޮޑު ބިރަކީ އެމަނިކުފާނުގެ އަތްޕުޅުން ޕީޕީއެމް ގެއްލިދާނެކަމުގެ ބިރެވެ. ސިޔާސީ ހަށިރައްކަލަކަށް އުފެއްދެވި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މިއަދު އެ ވަނީ އަމިއްލަ ފައި މައްޗަށް ތެދުވާން މަސައްކަތް މެކުހަށް ޖަހާފައެވެ. ޔާމީން އެންޑޯޒްކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިިއްޒު އެ ގެންދަވަނީ ޔާމީނާ ދެކޮޅަށް ޕީއެންސީ ވަރުގަދަ ކުރައްވަމުންނެވެ. އެ މަސައްކަތުގެ އެންމެ އާރުލާ އެއް ފަރާތަކީ، ޔާމީންގެ ސިޔާސީ މިތުރު އަދި މިހާރު ރައީސް މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޔާމީނުގެ ދިފާޢުގައި ނިކުންނަވަން މިއަދު ތިއްބެވީ، ސިޔާސީ ގޮތުން އެއްވެސް "އޮއްޓަރެއް" ނެތް ބައެކެވެ. މިއޮއްހައި ދުވަހު ޔާމީންގެ ދިފާޢުގައި ވާހަކަދެއްކެވި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މިހާރުގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމާއި އަދި ޑިފެންސް މިނިސްޓަރުމުޙައްމަދު ޣައްސާން މައުމޫންއެ ނިކުންނެވީ ޔާމީނާ ދެކޮޅަށް ނޫންތޯއެވެ؟ ޔާމީންގެ އެންގެވުމަކަށް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ތެރެއިން ނިކުތް ބަޔަކާ ދެކޮޅަށް ނިކުންނެވީ މި ބޭފުޅުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު ސަސްޕެންޑުވެސް ކުރައްވައިފިއެވެ.

ސިޔާސީގޮތުން މިއަދު ޔާމީންގެ ޙައްޤުގައި ބަސް ވިދާޅުވާނެ ބޭފުޅުން މަދުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުނު ފަހުން، ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ނަމަވެސް، ޔާމީންގެ އެންމެ އިތުބާރު ކުރެއްވި ޢަބްދުއްރަޙީމްވެސް ޔާމީނާ ބައްދަލުކުރައްވާފައެއް ނުވަތަ މަޝްވަރާކުރައްވާފައެއް ނެތެވެ. އަދުރޭ ވިދާޅުވަމުން ގެންދަވަނީ، ސިޔާސީގޮތުން ހުންނަވާނީ ރައީސް މުޢިއްޒުގެ އަރިހުގައި ކަމަށެވެ. އެހެންކަމަށް ވާއިރު، މިއަދު ޔާމީނަށް އޮތީ އުނދަގޫ ދަތުރެކެވެ. މި ދަތުރު ނިމޭއިރު، ޔާމީނަށް ޖެހިވަޑައިގަންނަވާނީ ކުރިން ރައީސް މައުމޫނަށް ޖެއްސެވި ޙާލުކޮޅުކަމަށް ސިޔާސީ ތަޖުރިބާކާރުން ވެސް ވިދާޅުވެއެވެ. ކުރިއަށް އޮތް ތަނުގައި ސިޔާސީގޮތުން ޔާމީންގެ މަޤުބޫލުކަން ދާނީ ދަށްވަމުން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ. މިއީ ޔާމީން އަމިއްލަފުޅަށް ކޮށްޓެވި މަގެކެވެ. އެ މަގުން ދަތުރުކުރެއްވުން ނޫން ދެން އޮތީ ކޮން ގޮތެއްތޯ؟

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމް-ޕީއެންސީކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު