Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް

ރާއްޖޭން އަވަސް މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ކުރިމަގާ މެދު އުންމީދީ ތަސައްވަރެއް ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 02:40
ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ؛ މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމަށް ވޯލްޑް ބޭންކް ރިޕޯޓުގައި ބުނެފައިވޭ

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ؛ މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމަށް ވޯލްޑް ބޭންކް ރިޕޯޓުގައި ބުނެފައިވޭ

ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެކަމަށް ލަފާކުރެވުނު ނަމަވެސް އިގްތިސާދަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފައިވަނީ ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު 6.5 އިންސައްތައިގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް 5.4 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިތުރުވަމުންދާ ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި، ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ކުރިމަގާ މެދު އުންމީދީ ތަސައްވަރެއް ހުށަހަޅާފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި، މަޝްރޫއުތަކުގެ ހޭދަ އާއި ސަބްސިޑީތަކަށް ސަރުކާރުން ކުރާ ހަރަދު އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ނަގަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެފަައިވާ ކަމަށް ބުނެފައިވެއެވެ.

އަދި މި މައްސަލަތައް ހައްލުކުރުމަށް، މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ބަދަލުވުމާއި އާމްދަނީ އިތުރުކުރުމާއި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދަރަނި ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ ގޮތަށް މާނަހުރި ގޮތެއްގައި އެޅޭ އަވަސް އަދި ނަތީޖާ ހާސިލްކުރެވޭ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވިފައި ވާއިރު، މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކޮށްފައިވިޔަސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް، ހާއްސަކޮށް ސަބްސިޑީއަށް ގެންނަން މި އަހަރަށް ރޭވި އިސްލާހުތައް ލަސްވެފައި ވާތީ، ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ވިސްނައިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާލީ ގޮތުން ފަރުވާތެރިވުމަށްޓަކައި ހަރަދުކުރުމުގެ ސިޔާސަތުތައް އަވަހަށް އެކަށައަޅައި އާމްދަނީ އިތުރުކުރަން ރިޕޯޓުގައި ބުނެފައިވެއެވެ. މުހިންމު އިސްލާހުތަކުގެ ތެރޭގައި، ގައުމީ ހެލްތު އިންޝުއަރެންސް ޕްރޮގްރާމް ކަމަށްވާ އާސަންދައަށް އިސްލާހީ ބަދަލުތައް ގެނައުމާއި، ހާއްސަކޮށް ހަކަތަ އާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަލަހައްޓައި، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ވާސިލްވުމާއި، ތަރައްގީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރެވޭކަން ކަށަވަރުކުރުމަށް ހަރުދަނާ ޕަބްލިކް އިންވެސްޓްމަންޓް އޮނިގަނޑެއް ގާއިމްކުރުން ހިމެނެއެވެ.

އަދި އާމްދަނީ އިތުރުކުރުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުމާއި، ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން ހިމެނެއެވެ.

ރާއްޖޭން އުމްރާނީ ތަރައްގީގެ އަސާސީ ހިދުމަތްތައް ދިނުމުގައި، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކަރަންޓުގެ ހިދުމަތް ލިބޭއިރު، މޯބައިލް ފޯނުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ލިބޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އެވްރެޖަށް ވުރެ، ކޮންމެ 1000 މީހަކަށް ހުރި ހޮސްޕިޓަލް އެނދުގެ އަދަދު ރާއްޖޭގައި ގިނަކަން ފާހަގަކޮށްފައިވެއެވެ. ކޮންމެ ދަރިވަރަކަށް ޓީޗަރަކު ހުންނަ ނިސްބަތް މަތި ކަމަށާއި، މި ކާމިޔާބީތަކުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާ މިންވަރަށް ވުރެ ބާރު ދުވެލީގައި މަތިވަމުންދާ ދައުލަތުގެ ހަރަދު ކަމަށް ބުނެފައިވެއެވެ. މި ހަރަދުގެ ބޮޑު ބައެއް އިންވެސްޓްކޮށްފައިވަނީ ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް ކުރާ ހަރަދު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން މި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ދައުލަތުގެ ދަރަނި، ހާއްސަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، ރާއްޖެއަށް މާލީ ބޮޑެތި ގޮންޖެހުންތަކަކާއި ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ސާފު ބޯފެނާއި ނަރުދަމާ އާއި ބްރޯޑްބޭންޑް އިންޓަނެޓް ފަދަ ހިދުމަތްތައް ހިމެނޭ ގޮތަށް، އާންމު ހިދުމަތްތައް ލިބުމުގައި ވެރިރަށް މާލެ އާއި އަތޮޅުތަކާ ދެމެދު އަދިވެސް ބޮޑެތި ފަރަގުތަކެއް އެބަހުރިކަމަށް ބުނެފައިވެއެވެ.

މި ފަރަގުތައް ނައްތާލަން ރާއްޖޭން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ބޮޑުވަމުންދިއުމާއި މާލީ ޖާގަ ހަނިވުން ފަދަ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އާންމު ގޮތެއްގައި ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ވެސް ކުރިމަތިވެފައިވާކަމަަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެކަށީގެންވާ ގޮތެއްގައި އަދި ހެޔޮ އަގެއްގައި އުމްރާނީ ތަރައްގީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި، މިކަން ހައްލުކުރުމަށްޓަކައި، ދަރަނި ބޮޑުވުމުގެ ހަގީގަތް ގަބޫލުކޮށް، އިންވެސްޓްމަންޓްތަކަށް ފަރުވާތެރިކަމާ އެކު ތަރުތީބުން ޕްލޭންކޮށް، އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ މެދުގައި ރަނގަޅަށް ވިލަރެސްކޮށް ހާއްސަކޮށް އެތައް ދާއިރާއެއް ހިމެނޭ މަޝްރޫއުތަކަށް ކަމަށް ބުނެފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހުށަހެޅިފައިވާ މިންވަރަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކާރިސާތަކަށް ތައްޔާރުވެފައިވާ ގޮތަށް ކުރިއަށް ދިއުމަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކްއިގްތިސާދުރާއްޖޭގެ އިގުތިސާދު ތަރައްގީގެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު