Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތަކެތީގެ އަގު

ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތީގެ އަގުތައް ޖޫން މަހު ވެސް ދިޔައީ މައްޗަށް

29 ޖުލައި 2025 | އަންގާރަ 10:44

މޭ މަހާ އަޅާބަލާއިރު ޖޫން މަހު މޭވާ، ކިރު އަދި ތަރުކާރީ ފަދަ ގިނަ އަސާސީ ކާބޯތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އަހަރުން އަހަރަށް ބަލާއިރު މުޅި ރާއްޖޭގައި ތަކެތީގެ އަގު 3.76% އަށް މައްޗަށް ގޮސްފައިވާއިރު، އަތޮޅުތަކުގައި އަގުތައް މައްޗަށް ދިޔަ ނިސްބަތް މަތިކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 10:44
ތަރުކާރީ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި ފެހި ޓޮމާޓޯ

ތަރުކާރީ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި ފެހި ޓޮމާޓޯ

ދުވަހުން ދުވަހަށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ޖޫން މަހު ވެސް ދިޔައީ މައްޗަށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން ހާމަ ކޮށްފިއެވެ.

އެ އޮފީހުން އާންމު ކުރި ޖޫން މަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓު ގައި ވާ ގޮތުން، ޖޫން މަހު މޭވާ އާއި، ކިރާއި ކިރުން އުފައްދާ ތަކެތި، އަދި ތަރުކާރީ ފަދަ އަސާސީ ކާބޯތަކެތީގެ އަގުތައް މޭ މަހާ އަޅާ ބަލާއިރު ވަނީ މައްޗަށް ގޮސްފައެވެ.

ޖުމްލަ ގޮތެއްގައި، ކާބޯތަކެއްޗާއި ލުއި ބުއިންތަކުގެ ކެޓަރީގައި ހިމެނޭ ތަކެތީގެ އަގުތައް ކުރީ މަހާ އަޅާ ބަލާއިރު ވަނީ މައްޗަށް ގޮސްފައެވެ.

ޖޫން މަހު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ މޭވާ، ކިރު، ކިރުގެ އެހެނިހެން އުފެއްދުންތަކާއި ބިސް، ތަރުކާރީ ގެ ބާވަތްތަކެވެ. އޭގެ އިތުރުން، ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އާއި، ހަނޑޫ އަދި ހަނޑުލުން އުފައްދާ ތަކެތެއްޗާއި، ކޮފީ އާއި ސައިފަތުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ.

އެހެން ނަމަވެސް މޭ މަހު ކަނޑުމަހާއި ހިކި މަހުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. އަނެއްކޮޅުން ފަރުމަހާއި، ދަޅު މަހުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.

އަހަރުން އަހަރަށް (2024 ވަނަ އަހަރުގެ ޖޫން މަހުން 2025 ވަނަ އަހަރުގެ ޖޫން މަހަށް) ބަލާއިރު، ހުރިހާ ބާވަތެއްގެ ތަކެތީގެ އަގު 3.76% އަށް މުޅި ރާއްޖޭގައި މައްޗަށް ގޮސްފައިވާއިރު، މާލޭގައި މި ނިސްބަތް 3.45% އަށް އަދި އަތޮޅުތަކުގައި 4.22% އަށް މައްޗަށް ގޮސްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 އެޕްރީލު 2019

ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި

25 އެޕްރީލު 2019
ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި
27 ޑިސެމްބަރު 2018

އާ އަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކް ބަންދު!

27 ޑިސެމްބަރު 2018
އާ އަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކް ބަންދު!
06 ސެޕްޓެމްބަރު 2018

ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!

06 ސެޕްޓެމްބަރު 2018
ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!
03 ޖޫން 2018

ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި

03 ޖޫން 2018
ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި
02 ޖޫން 2018

ޗައިނާއިން ބޭނުންވާހާ ގޮތެއް ނުވުމުން ޗައިނާ-ލަންކާ ފްރީ ޓްރޭޑް އެގްރިމެންޓް މަޑުޖެހިއްޖެ!

02 ޖޫން 2018
ޗައިނާއިން ބޭނުންވާހާ ގޮތެއް ނުވުމުން ޗައިނާ-ލަންކާ ފްރީ ޓްރޭޑް އެގްރިމެންޓް މަޑުޖެހިއްޖެ!
23 އެޕްރީލު 2018

މާގިރި ހޮޓެލްގައި އެއްމަސް ދުވަހަށް ދެމިގެންދާ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

23 އެޕްރީލު 2018
މާގިރި ހޮޓެލްގައި އެއްމަސް ދުވަހަށް ދެމިގެންދާ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
18 އެޕްރީލު 2018

ސްޓާރބަކްސް ކޮފީގެ 8000 ކެފޭ އެއް ދުވަހަށް ބަންދުކުރަނީ!

18 އެޕްރީލު 2018
ސްޓާރބަކްސް ކޮފީގެ 8000 ކެފޭ އެއް ދުވަހަށް ބަންދުކުރަނީ!
15 ނޮވެމްބަރު 2017

ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހަށް ނިންމަން ބަޖެޓް ކޮމެޓީން ފާސްކޮށްފި

15 ނޮވެމްބަރު 2017
ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހަށް ނިންމަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް