Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ހަ ދުވަސް ފަހުން، އެފްއޭއެމްގެ މަރުޙަބާ ކުޅިވަރު ވަޒީރު ރާފިޢު އަށް!

ހަ ދުވަސް ފަހުން، ބުދަ ދުވަހު އެފްއޭއެމުން ވަނީ ރާފިޢު އަށް މަރުޙަބާ ކިޔައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ނޮވެމްބަރު 2023 | ބުރާސްފަތި 00:37
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމުގެ އިޤުރާރުގައި ސޮއި ކުރައްވަނީ

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމުގެ އިޤުރާރުގައި ސޮއި ކުރައްވަނީ

އައު ސަރުކާރުގެ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަރުޙަބާ ކިޔައިފި އެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމަށްފަހު، ކުޅިވަރު ވަޒީރުގެ މަޤާމަށް ރާފިޢު އައްޔަން ކުރައްވާފައި ވަނީ ހުކުރު ދުވަހުގެ ރޭ އެވެ. އޭގެ ހަ ދުވަސް ފަހުން، ބުދަ ދުވަހު އެފްއޭއެމުން ވަނީ ރާފިޢު އަށް މަރުޙަބާ ކިޔައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ވަނީ ފާއިތުުވި އަހަރުތަކުގައި ޤައުމީ ޓީމުތަކުގެ މެޑިކަލްގެ ކަންކަމުގައި ރާފިޢު ކުރައްވާފައިވާ ޚިދުމަތްތަކަށް ޝުކުރު ވެސް އަދާ ކޮށްފަ އެވެ. އަދި ރާފިޢުގެ ލީޑާޝިޕްގެ ދަށުން ދިވެހި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަ ދުވަސް ފަހުން އެފްއޭއެމުން ރާފިޢު އަށް މަރުޙަބާ ކިޔާފައިވާއިރު، މިކަމުން ފާހަގަވާން އޮތީ އެ އިދާރާގެ ދޯހަޅި ކަމެވެ. މީގެ ކުރިން އެފްއޭއެމްގެ އިސްވެރިންނާއި، އެހެނިހެން ފަރާތްތަކުގެ އުފަން ދުވަހު އެ އިދާރާ އިން ވަނީ ވަގުތުން ތަހުނިޔާގެ ޕޯސްޓުތައް ވެސް ކޮށްފަ އެވެ. ނަމަވެސް، އައު ކުޅިވަރު ވަޒީރަށް މިހާ ލަހުން އެފްއޭއެމުން މަރުޙަބާ ކިޔައިފައި ވަނީ، ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު ވެސް އުފައްދަ އެވެ. ކުޅިވަރު ވަޒީރާއި، އައު ސަރުކާރުގެ ވެސް ރުހުން އެފްއޭއެމަށް ނެތް ކަމަށް އާންމުން ބުނަމުންދާއިރު، މިކަމުން ވަނީ އެ ވާހަކަތަކަށް އިތުރު ބާރުވެރިކަމެއް ލިބިފަ އެވެ.

އެފްއޭއެމްގެ ހިންގުމުގައި މި ފަހުން ވަނީ ގިނަ ގުނަ މައްސަލަތައް ދިމާވެފަ އެވެ. ޚާއްސަކޮށް އެ އިދާރާ އަށް ލިބެމުން އަންނަ ފައިސާތަކަށް، އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވާކަމަށް ތުހުމަތު ކުރެވޭއިރު، އެ އިދާރާ އޮތީ ބަނގުރޫޓުވާން ކައިރިވެފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެ އިދާރާގެ އިސްވެރިންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ތުހުމަތާ ގުޅިގެން، ދިވެހި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ވެސް ކުރަމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު