Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާގެ ޝަރީއަތް

މެއި 6 ޙަމަލާ: ދައުލަތުގެ 3 ހެއްކެއްގެ ހެކިބަސް ނަގައިފި

ޙާދިސާ ހިނގިއިރު ޓްރެފިކް ޕޮލިހެއްގެ ޑިއުޓީގައި އުޅުނު ފަރާތެއް ހެކިބަސް ދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 06:32
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޙަމަލާދިން ސަރަޙައްދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޙަމަލާދިން ސަރަޙައްދު

މެއި 6 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

Advertisement - newsAdvertisement

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ޙާދިސާ ހިނގިއިރު ޓްރެފިކް ޕޮލިހެއްގެ ޑިއުޓީގައި އުޅުނު ފަރާތެކެވެ.

ހެކިވެރިޔާ ބުނީ، ގަލޮޅު ދަނޑުގައި ހުރި ކޯނުތަކެއް ނެގުމުގެ މަސައްކަތުގައި އިތުރު ފުލުހަކާއެކު އުޅެނިކޮށް އެމްއެންޑީއެފްގެ ވެހިކަލެއް ބާރު ސްޕީޑުގައި އައި ކަމަށާއި، އޭޑީކޭއާ ހަމައަށް އެސްކޯޓް ކޮށްދިނުމަށް އެމްއެންޑީއެފުން އެދުނުކަމަށެވެ.

އޭޑީކޭއަށް ގޮސް ސްޓްރެޗަރ ގެނައިރު، އެއީ ނަޝީދުކަން އެނގިލެއްވި ކަމަށާއި، އޭރު ހަށިގަނޑުގެ ތަންތަނުގައި ލެއި ހުރިކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، ހޮސްޕިޓަލުގައި މަޑުކޮށްފައިވާނީ 15 މިނެޓު ވަންދެން ކަމަށެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާ ބުނީ، އޭނާ ވިއްކާފައިވާ ސައިކަލެއް މި މައްސަލައިގައި ހިމެނޭކަމަށް (އައިއީޑީ ހަރުކޮށްފައިވާ ސައިކަލު) ފުލުހުން ބުނެފައިވާތީ، އޭނާ ފުލުހުންނަށް ބަޔާނެއް ދީފައިވާނެކަމަށެވެ.

އެއީ އޭނާ 4 ވަރަކަށް އަހަރު ގެންގުޅުނު ސައިކަލެއް ކަމަށާއި، އެއަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޖަހައިގެން ސައިކަލު ވިއްކާލީކަމަށް އޭނާ ބުންޏެވެ.

އަދި ގަތް މީހާ ސައިކަލަށް ލާރި ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމަށާއި، ސައިކަލު ވިއްކީ 18،000 ރުފިޔާއަށްކަަމަށް އޭނާ ބުންޏެވެ.

ސައިކަލު ގަތް މީހާއާ ދެ ދުވަހެއްގައި ދިމާވި ކަމަށާއި، ފުރަތަމަ ދުވަހު ސައިކަލު ޓެސްޓުކޮށް، ދެވަނަ ދުވަހު ނަގުދު ފައިސާއިން ލާރި ދީފައިވާކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި އޭނާ ސައިކަލު ވިއްކީ، ސައިކަލު ވިއްކަން ސޯޝަލް މީޑިއާގައި ޖެހުމުން، ފޯނުން ގުޅައިގެން މުއާމަލާތު ކުރި މީހަކަށެވެ. އޭނާ ގާތުގައި ރަޖިސްޓްރީ ކުރުމަށް އައިޑީކާޑު ފޮނުވަން އެދުމުން ފޮނުވީ ތަހުމީނުގެ އައިޑީކާޑު ކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ. އެއީ ތަހުމީނުކަން އެނގުނީ މި މައްސަލަ ފެންމަތިވުމުންކަންވެސް ހެކިވެރިޔާ ފާހަގަކުރިއެވެ.

ނަމަވެސް ސައިކަލު ވިއްކިފައިވަނީ ސީދާ ތަހުމީނަށްކަން ކަށަވަރު ކުރުމަށް އިތުރު ކަމެއް ކޮށްފައިނުވާނެކަމަށާއި، ސަބަބަކީ އޭރު މުއާމަލާތުގެ ކަންކަން ނިމިފައިވާތީކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި އެ މުއާމަލާތް ހިންގިފައިވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު އަޅައިގެން ދަތުރުކުރަންފެށި ދުވަސްވަރުގައެވެ.

އޭނާ މި ސައިކަލު ވިއްކިކަމާއި، އޭގެ ފަހުން އެހެން ސައިކަލެއް ދުއްވިކަން އެނގޭނެ ހެކިން ތިބޭނެކަމަށްވެސް އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ތަހުމީނު ދައްކައި، އެއީ ހެކިވެރިޔާއާ ދިމާވެފައިވާ ނުވަތަ ދަންނަ މީހެއްތޯ ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ބުނީ، ތަހުމީނަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ދިމާވެފައިވޭތޯ ނުވަތަ ނޫންތޯ މިހާރު ޔަޤީންކަމާއެކު ބުނެވެން ނެތްކަމަށެވެ. ޝަރީއަތުގައި ފެންނަން ހުރި ތަހުމީނާ، އޭނާއާ ދިމާވި މީހާއާ ސިފަތައް އެއްވެސް ވަރަކަށް ވައްތަރުކަމެއް ނެތްކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ވަނީ މިހާރު ބައެއް ކަންކަން ހަނދާނުގައި ނެތްކަމަށްވެސް ބުނެފައެވެ.

ތަހުގީގުގައިވެސް ވަކި މީހަކު ދަންނަންތޯ ބެލުމަށް ފުލުހުންގެ ފަރާތުންވެސް ފޮޓޯ ރިޕޯޓެއް ދައްކާފައިނުވާކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ތިންވަނައަށް ހާޒިރުވެފައިވަނީ ޙާދިސާ ހިނގިއިރު ނީލޯފަރުމަގުގައި ހުރި ފަރާތެކެވެ.

ހެކިވެރިޔާ ބުނީ، އޭނަ ހިނގަމުން ދިޔައީ ނަޝީދުގެ ފަހަތުން ކަމަށެވެ. ނަޝީދު ކާރުކޮޅުގެ ދޮރު ހުޅުވާލެއްވިތަން ފެނުނު ކަމަށާއި، ދެން އިވުނީ ބާރުގަދަ އަޑެއްކަމަށް އޭނާ ބުންޏެވެ. އޭރު ކާރުކޮޅު އޮތީ މަޖީދީމަގާއި ނީލޯފަރު ހިނގުމަށްވާ މަގުގައިކަމަށް އޭނާ ބުންޏެވެ.

އެއާއެކު އެމްއެންޑީއެފް ސިފައިން ނަޝީދު އަތްދަނޑިމައްޗަށް ނަންގަވައިގެން އެމްއެންޑީއެފްގެ ކާރަށް އެރުވުމަށް ދިޔަތަން ފެނުނުކަމަށް ހެކިވެރިޔާ ބުންޏެވެ.

މުޅި ތަނުގައި ބޯކޮށް ދުމުގެ އަސަރުވެސް ހުރި ކަމަށާއި، ނަޝީދުގެ އިތުރުންވެސް އިތުރު ފަރާތަކަށް އަނިޔާވެގެން އުޅުނު މަންޒަރު ފެނުނުކަމަށް އޭނާ ބުންޏެވެ.  

ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓްކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު